އައްޑޫ ރައްޔިތުންނަށް ކަމެއް ކޮށްދޭނެ ސަރުކާރެއް މިއައީ އަދި ކިރިޔާ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އައްޑޫގެ ތަރައްޤީއަށް ހުރަސްއަޅާބަޔަކު ކެބިނެޓްގައި ތިބިކަމަށް ބުނެ ޙަރަކާތެއް ހިންގުމަށް ތައްޔާރުވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މެންބަރު ނިހާދު ވިދާޅުވީ، އައްޑޫ ރައްޔިތުންނަށް ކަމެއް ކޮށްދޭނެ ސަރުކާރެއް ލިބި މަސައްކަތް މިފެށީ އަދި ކަމަށާއި، މަސައްކަތްތައް ފެށުމުގައި ލަސްކަމެއް ކުރިމަތިވީ ކޮވިޑާއި ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސް ނިންމާލާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.
އެގޮތުން ކޮވިޑާއި ގުޅިގެން މި ސަރުކާރަށް ދޮޅު އަހަރު ގެއްލިއްޖެ ކަމަށާއި، ނަމަވެސް ރައީސް ޞާލިޙްގެ ސަރުކާރުން އައްޑޫ ސިޓީއަށް ޒަމާނީ ބަދަލުތައް ގެންނާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.
"މިހާރުވެސް އެދަނީ މަސައްކަތް ކުރެވެމުން. ކާމިޔާބުވާނެ. އިންޝާﷲ." ނިހާދު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ނިހާދުވަނީ އައްޑޫގައި އޮންނަ ދެ ރިސޯޓުގެ މައްސަލައަށް ޙައްލު ހޯދުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ދާދި އަވަހަށް ފެންނާނެ ކަމަށާއި، ފަތުރުވެރިކަމުގެ ޤާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެސްފައިވަނީ އެކަމަށް މަގުފަހި ކުރުމަށް ކަމަށް ވިދާޅުވެފައެވެ. އަދި އުފާވެރިކަން އޮތީ ކުރިޔަށް ކަމަށް ވިދާޅުވެ ނިހާދުވަނީ އައްޑޫ ރައްޔިތުންނަށް އިތުރު އުންމީދެއް ދެއްވާފައެވެ.
މީގެ ކުރިން ނިހާދު ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޒީރުންނާއި ސުވާލެއް ކޮށްލުމަށް ފަހު ހުއްޓާ ނުލާނެކަމަށާއި، މަސައްކަތް ކާމިޔާބު ވަންދެން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމަށް އެމެންބަރުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ސާބިތުވެކަމަށެވެ. އެގޮތުން ރައްޔިތުންގެ ޙައްޤުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.
އައްޑޫ ރިސޯޓުތައް ބަންދުކޮށްފައިވާ މައްސަލާގައި މިނިސްޓަރާއި ސުވާލުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާއިރު ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރަމުންއައި ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހުޅުވިފަހުން އަދި މިހާތަނަށް މަރާމާތެއްވެސް ކޮށްފައިނުވާ އެރިސޯޓް ދެން ހުޅުވާނީ މެއިންޓެނަންސަށް ފަހުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.

COVID aai eku 1 1/2 years ah Vuren gina dhuvas gelli kudaikoh kankan lasviyas Adhuge Sarukaarun AdduCity ah zamaanee badhalu gennaane! Mihaaruves edhanee Masakkaih kurevemun! Kaamiyaab Vaane! Inshaa Allah
— Feydhoo Meehaa (Mohamed Nihad) (@nihad_m) October 2, 2021
މީގެ އިތުރުން ނިހާދުވަނީ އައްޑޫގައި އޮންނަ ދެ ރިސޯޓުގެ މައްސަލައަށް ޙައްލު ހޯދުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ދާދި އަވަހަށް ފެންނާނެ ކަމަށާއި، ފަތުރުވެރިކަމުގެ ޤާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެސްފައިވަނީ އެކަމަށް މަގުފަހި ކުރުމަށް ކަމަށް ވިދާޅުވެފައެވެ. އަދި އުފާވެރިކަން އޮތީ ކުރިޔަށް ކަމަށް ވިދާޅުވެ ނިހާދުވަނީ އައްޑޫ ރައްޔިތުންނަށް އިތުރު އުންމީދެއް ދެއްވާފައެވެ.
މީގެ ކުރިން ނިހާދު ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޒީރުންނާއި ސުވާލެއް ކޮށްލުމަށް ފަހު ހުއްޓާ ނުލާނެކަމަށާއި، މަސައްކަތް ކާމިޔާބު ވަންދެން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމަށް އެމެންބަރުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ސާބިތުވެކަމަށެވެ. އެގޮތުން ރައްޔިތުންގެ ޙައްޤުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.
އައްޑޫ ރިސޯޓުތައް ބަންދުކޮށްފައިވާ މައްސަލާގައި މިނިސްޓަރާއި ސުވާލުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާއިރު ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރަމުންއައި ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހުޅުވިފަހުން އަދި މިހާތަނަށް މަރާމާތެއްވެސް ކޮށްފައިނުވާ އެރިސޯޓް ދެން ހުޅުވާނީ މެއިންޓެނަންސަށް ފަހުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.
ކިޔުންތެރިންގެ ހިޔާލު