ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް އަލްއުސްތާޒާ ސަމާއު އަހުމަދު ނަޖީބު އައްޔަނުކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސަމާއުއަށް މަގާމުގެ ލިޔުން ހަވާލުކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ސަމާއުވަނީ މަގާމުގެ ހުވާކުރައްވާފައެވެ.
2015 ވަނަ އަހަރުން ފެށިގެން އެޓަރނީ ޖެނެރަލް އޮފީހުގައި ސްޓޭޓް އެޓަރނީކަމާއި ސީނިއަރ ސްޓޭޓް އެޓަރނީގެ މަޤާމު ފުރުއްވާފައިވާ ސަމާއު ވަނީ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އެޓާޗޭއެއްގެ މަޤާމުވެސް ފުރުއްވާފައެވެ.
ސަމާއު ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއިން އިން މާސްޓަރ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައެވެ. އަދި އޭނާ ވަނީ އިންސާނީ ޙައްގުތަކާއި ބެހޭ އެތަކެއް ވޯކްޝޮޕްތަކާއި ސެމިނަރތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން، ސަމާއުއަކީ އ.ދ.ގެ ޔޫ.އެން.ސީ.އޭ.ސީއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ މާހިރުންގެ ޓީމުގެ މެންބަރެއްވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު