ކޯވިޑްގެ ޙާލަތުން އަރައިގަތުމުގައި ރާއްޖެއިން ކޮށްފައިވާ މަސައްކަތަށް ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީ ތަޢުރީފް ކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ފަށައިގެން ކުރިއަށްދާ 15ވަނަ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ އޭޝިއާ އަދި ފެސިފިކް އެގްޒެކެޓިވް ޓްރެއިނިންގ ޕްރޮގްރާމް އޮން ޓޫރިޒަމް ޕޮލިސީ އެންޑް ސްޓްރެޓަޖީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއީ މިމަހުގެ 5އިން 7ގެ ނިޔަލަށް ކުރިއަށްދާ ބައްދަލުވުމެކެވެ.
މި ޓްރެއިނިންގ ޕްރޮގްރާމު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަން ކުރިއެރުމަށްޓަކައި ރާއްޖެއާއި އެހެނިހެން ޤައުމުތަކުގެ އިސްވެރިން ކުރަމުންދާ މަސައްކަތްތަށް ވަރަށް ގާތުން ބަލަމުންދާ ކަމަށެެވެ. އަދި އެކަމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް އެމަނިކުފާނު ތައުރީފް ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމްގެ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭ ޓޫރިޒަމް ޕްރޮޑަކްޓް "ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓުގެ ސަބަބުން އެހެން ޤައުމުތަކާ ވާދަކުރުމުގައި ލިބޭ ބޮޑެތި ފައިދާތައް ފާހަގަކުރެއްވިއެވެ. އަދި އެހެން މާރކެޓްތައް ރާއްޖެއަށް ގެނައުމަށްޓަކައި ޓޫރިޒަމް ސިންދަފާތުކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމާއިއެކު، ރަށުފަތުރުވެރިކަން ކުރިއަރުވައި މާކެޓް ކުރުމުގެ މުޙިންމުކަމުގެ މައްޗަށް މިނިސްޓަރ މަޢުސޫމް އަލިއަޅުއްވާލެއްވިއެވެ.
ހައިބްރިޑް ފޯމެޓަށް ކުރިއަށް ގެންދާ މި ޓްރެއިނިންގް ޕްރޮގްރާމްގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ އޭޝިއާ އަދި ޕެސިފިކްގެ 7 ޤައުމަކުން 11 ބައިވެރިން އަމަލީ ގޮތުން ބައިވެރިވާއިރު، 18 ޤައުމަކުން 37 ބައިވެރިން އޮންލައިންކޮށް ބައިވެރިވެއެވެ.

We are honoured to host the 15th UNWTO Asia Pacific Executive Training Programme in Maldives from 5-7 October 2021. We welcome all the participating countries to the sunny side of life. Thank you @UNWTO Secretary-General @pololikashvili for giving #Maldives this opportunity. pic.twitter.com/VnqUZyl7k1
— Ministry of Tourism (@MoTmv) October 6, 2021
މި ޓްރެއިނިންގ ޕްރޮގްރާމު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަން ކުރިއެރުމަށްޓަކައި ރާއްޖެއާއި އެހެނިހެން ޤައުމުތަކުގެ އިސްވެރިން ކުރަމުންދާ މަސައްކަތްތަށް ވަރަށް ގާތުން ބަލަމުންދާ ކަމަށެެވެ. އަދި އެކަމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް އެމަނިކުފާނު ތައުރީފް ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމްގެ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭ ޓޫރިޒަމް ޕްރޮޑަކްޓް "ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓުގެ ސަބަބުން އެހެން ޤައުމުތަކާ ވާދަކުރުމުގައި ލިބޭ ބޮޑެތި ފައިދާތައް ފާހަގަކުރެއްވިއެވެ. އަދި އެހެން މާރކެޓްތައް ރާއްޖެއަށް ގެނައުމަށްޓަކައި ޓޫރިޒަމް ސިންދަފާތުކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމާއިއެކު، ރަށުފަތުރުވެރިކަން ކުރިއަރުވައި މާކެޓް ކުރުމުގެ މުޙިންމުކަމުގެ މައްޗަށް މިނިސްޓަރ މަޢުސޫމް އަލިއަޅުއްވާލެއްވިއެވެ.
ހައިބްރިޑް ފޯމެޓަށް ކުރިއަށް ގެންދާ މި ޓްރެއިނިންގް ޕްރޮގްރާމްގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ އޭޝިއާ އަދި ޕެސިފިކްގެ 7 ޤައުމަކުން 11 ބައިވެރިން އަމަލީ ގޮތުން ބައިވެރިވާއިރު، 18 ޤައުމަކުން 37 ބައިވެރިން އޮންލައިންކޮށް ބައިވެރިވެއެވެ.
ކިޔުންތެރިންގެ ހިޔާލު