އަހުމަދު ޝާހް   11 އޮކްޓޯބަރު 2021 - 17:0
"ހިނިތުންވުމާއެކު" ކެމްޕޭން ކޭކް
"ހިނިތުންވުމާއެކު" ކެމްޕޭން ކޭކް
އެމްޓީސީސީން މިއަހަރުގެ "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާޙުކޮށްފިއެވެ.

އެމްޓީސީސީން ބުނީ މިއަހަރުގެ އޮކްޓޯބަރުމަހުގެ 4 އިން 8 އަކަށް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ "ދުނިޔޭގެ ކަސްޓަމަރ ސަރވިސް" ހަފުތާއާއި ގުޅުވައިގެން އެމްޓީސީސީއިން މިއަހަރުގެ "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާޙު ކޮށްފައިވާ ކަމަށެވެ.

މި ކެމްޕެއިންގެ އެންމެ ބޮޑު މަޤްސަދަކީ ކުންފުނީގެ މުއައްޒަފުންގެ މެދުގައި ކަސްޓަމަރ ސާރވިސްގެ މުހިއްމުކަމާއިމެދު ހޭލުންތެރިކަން އިތުރުކުރުމާއި ކުންފުނިން ޚިދުމަތް ލިބިގަންނަ އެންމެހާ ކަސްޓަމަރުންގެ ކަސްޓަމަރ އެކްސްޕީރިއެންސް މިހާރަށްވުރެ ރަނގަޅު ކުރުމެވެ.

އަދި އެކުންފުނީގެ އުންމީދަކީ "ހިނިތުންވުމާއެކު" ކެމްޕެއިގެ ސަބަބުން އެމްޓީސީސީއާއި ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު ބޮޑުވެގެން ދިއުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި ކެމްޕޭން އިފްތިތާޙު ކުރުމަށް އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތުގައި ކެމްޕޭން އިފްތިތާހްކޮށްދެއްވީ ކުންފުނީގެ ޗީފް އޮޕްރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޓީސީސީއަކީ މިޤައުމުގެ ތަފާތު އެކި ސިނާއަތްތަކުގައި ގިނަ ރައްޔިތުންތަކަކަށް ސީދާގޮތުން ޙިދުމަތްދެމުންދާ ކުންފުންޏެއްކަމަށާއި ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ޚިދުމަތެއް ދިނުމަށް ކުންފުނީގެ ކޮންމެ މުއައްޒަފަކުވެސް ގަދައަޅާ މަސައްކަތް ކުރަންވާނެ ކަމަށެވެ.

މި ކެމްޕެއިން ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާ މުވައްޒަފުންގެ ތަރުހީބާއި އެއްބާރުލުން ވަރަށްމުހިންމު ކަމަށާއި ހުރިހާ މުވައްޒަފުންގެ އެއްބާރުލުން މިކެމްޕެއިނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ގެސްޓް ސްޕީކަރސްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ކޯޕަރޭޓް ޓްރޭނިންގ އިންސްޓިޓިއުޓްގެ ފަރާތުން ޑރ. ޙުސައިން ސަނީ އުމަރާއި މުޙައްމަދު ޔަމާނީއެވެ. އެބޭފުޅުންގެ ވާހަކަފުޅުގައި ކަސްޓަމަރުންނަށް ދޭ ޚިދުމަތް ރަނގަޅު ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

"ހިނިތުންވުމާއެކު" ކެމްޕެއިން ފެށުމުގެ ގޮތުން 10 އޮކްޓޯބަރ 2021 އިން ފެށިގެން 28 އޮކްޓޯބަރ 2021 އާއި ހަމައަށް ބަހާލެވިގެން ކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް ޙާއްސަ އެތައް ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން