މަރިޔަމް ލައިޝާ   12 އޮކްޓޯބަރު 2021 - 16:26
އެމްޓީސީސީގެ ފްލީޓަށއ އިތުރުކުރި ބައެއް ވެހިކަލްތައް
އެމްޓީސީސީގެ ފްލީޓަށއ އިތުރުކުރި ބައެއް ވެހިކަލްތައް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ ފްލީޓަށް ވެހިކަލްތަކެއް އިތުރުކޮށްފިއެވެ.

އެމްޓީސީސީގެ ފްލީޓަށް އިތުރުކުރި ވެހިކަލްތަކުގެ ތެރޭގައި 30 ޓަނުގެ 10 ހައިމާކާއި، 25 ޓަނުގެ 15 ލޮރީ އަދި 6 ލޯޑާރު ހިމެނެއެވެ.



އެމްޓީސީސީއަށް އައު ވެހިކަލްތައް ގެނެސްފައިވަނީ، ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށް ވަރުގަދަ ކުރުމަށްކަމަށް އެކުންފުނިން ބުނެފައިވެއެވެ. އެމްޓީސީސީއަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިން ހިއްކުން ފަދަ ސަރުކާރުން ހިންގާ ބޮޑެތި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހަލުވި ސްޕީޑްގައި ކުރަމުން އަންނަ ކުންފުންޏެކެވެ.

އެގޮތުން މަސައްކަތްތައް ލަސްވިޔަ ނުދީ ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަށް ފަށާފައިވާ މި ޕްރޮޖެކްޓްގެ ސަބަބުން ގިނަ ސަރަހައްދުތަކެއްގައި އެއްފަހަރާ މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސަރުކާރުން ހިންގާ ތަރައްގީގެ އެންމެ ގިނަ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހިންގަމުން އަންނަނީ އެމްޓީސީސީންނެވެ. އެކުންފުނީގެ އަމާޒަކީ، ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތުގައި އެ މަސައްކަތްކޮށް ނިންމުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން