ތަކެތީގެ އަގުތައް ބޮޑުވެ، ޝިޕިންގެ އަގުތައް މަތިވަމުންދާކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެއެވެ.
މަސީގެ ރައީސް މިހެން ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިއްޔެ ބޭއްވި މަސީގެ އަހަރީ އާއްމު ޖަލްސާގައި ވަނީ މަސީގެ 18 ވަނަ ހިންގާ ކޮމެޓީ އިންތިހާބުކޮށްފައެވެ. މަސީގެ ހިންގާ ކޮމެޓީ އިންތިހާބުކުރަނީ ކުރިއަށްއޮތް 2 އަހަރަށެވެ. މިދައުރުގެ ރައީސަކަށްވެސް އިންތިހާބުކޮށްފައިވަނީ މުހައްމަދު އަލީ ޖަނާހެވެ. މަސީގެ ހިންގާ ކޮމެޓީގައި 20 މެންބަރުން ތިއްބަވައެވެ.
އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވީ، ކޯވިޑްގެ ހާލަތުގައި އެ އެސޯސިއޭޝަނާއި ކޮންސްޓްރަކްޝަން ސިނާއަތުން ގިނަ މަސައްކަތްތަކެއް މި ބަލިމަޑުކަމުން އަރައިގަތުމަށް ކޮށްފައިވާކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކަކީ ރާއްޖެއާއި ދުނިޔޭގެ ކޮންސްޓްރަކްޝަން ސިނާއަތައް ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވާނެ ދުވަސްތަކެއްކަމުގައި ޖަނާހް ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގައި ތަކެތީގެ އަގުތައް އުފުލި މުދަލާއި ޝިޕިންގެ އަގުތައް މަތިވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސީގެ އަހަރީ އާންމު ޖަލްސާގައި 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކުރުމާއި، އެ އެސޯސިއޭޝަންގެ 2022 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން ކުރިއަށްދިޔައެވެ.

The 18th Executive Board of MNACI has been elected for 2021-2023 today #AGM2021 pic.twitter.com/M6WATnMFjR
— MNACI MALDIVES (@MNACI_Maldives) October 12, 2021
އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވީ، ކޯވިޑްގެ ހާލަތުގައި އެ އެސޯސިއޭޝަނާއި ކޮންސްޓްރަކްޝަން ސިނާއަތުން ގިނަ މަސައްކަތްތަކެއް މި ބަލިމަޑުކަމުން އަރައިގަތުމަށް ކޮށްފައިވާކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކަކީ ރާއްޖެއާއި ދުނިޔޭގެ ކޮންސްޓްރަކްޝަން ސިނާއަތައް ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވާނެ ދުވަސްތަކެއްކަމުގައި ޖަނާހް ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގައި ތަކެތީގެ އަގުތައް އުފުލި މުދަލާއި ޝިޕިންގެ އަގުތައް މަތިވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސީގެ އަހަރީ އާންމު ޖަލްސާގައި 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކުރުމާއި، އެ އެސޯސިއޭޝަންގެ 2022 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން ކުރިއަށްދިޔައެވެ.
ކިޔުންތެރިންގެ ހިޔާލު