ސްކުއިޑް ގޭމްގެ ޕޯސްޓަރެއް
ސްކުއިޑް ގޭމްގެ ޕޯސްޓަރެއް
ރެކޯޑު އަދަދެއްގެ ވިއުސްއާއެކު ދެކުނު ކޮރެޔާގެ ޑުރާމާ ސީރީސް، "ސްކުއިޑް ގޭމް" ނެޓްފްލިކްސްގެ އެއްވަނައަށް ޖެހިލައިފިއެވެ.

މި ސީރީސް ނެޓްފްލިކްސްއަށް ނެރުނުތާ ގާތްގަނޑަކަށް މަސްދުވަހުގެ ތެރޭގައި މި ސީރީސްއަށް ވަނީ 110 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައެވެ. އެގޮތުން މި ޑްރާމާ ސީރީސް ވެގެންގޮސްފައިމިވަނީ ނެޓްފްލިކްސްގެ ތާރީޚުގައިވެސް އެންމެ ގިނަ މީހުން ބެލި ސީރީސްގެ ރެކޯޑު ހަދާފައިވާ އެއް ޑުރާމާއަށެވެ.

މިކަން ހާމަކޮށް ނެޓްފްލިކްްސްއިން ބުނެފައިވަނީ 110 މިލިއަން ވިއުސްއާއިއެކު ނެޓްފްލިކްސްއިން އެންމެ ގިނަ މީހުން ބެލި ޑުރާމާއަކީ ސްކުއިޑް ގޭމު ކަމަށާއި، މިހާރު ވެސް ނެޓްފްލިކްސްގެ އެއްވަނައިގައި އޮތީ މި ސީރީސްކަމަށް ވެސް ނެޓްފްލިކްސްއިން ވަނީ ހާމަކޮށްފައެވެ. އަދި ސްކުއިޑް ގޭމްގެ އިތުރުން، ދެވަނައަށް ނެޓްފްލިކްސްގައި އެންމެ ގިނަ ވިއުސް ލިބުނު ސީރީސްއަކީ ބްރިޖެޓަންއެވެ. އެއީ 82 މިލިއަން ވިއުސްއެވެ.

ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ނެޓްފްލިކްސްއިން ދައްކަން ފެށި މި ޑުރާމާއަކީ ރާއްޖެ ހިމެނޭގޮތަށް، 94 ގައުމެއްގެ ޗާޓުގެ އެއްވަނައިގައި ހިމެނިފައިވާ ޑްރާމާއެއް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ހުވަންގް ޑޮންގްހުވަކް ޑައިރެކްޓް ކޮށްފައިވާ މި ޑުރާމާގައި ދައްކުވައިދެނީ ވަޒީފާއެއް ނެތި ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ 456 މީހަކު ބައިވެރިވާ ނުރައްކާތެރި ގޭމުތަކެކެވެ. އަދި މި ގޭމުތައް ކާމިޔާބުކޮށް ފައިސާގެ އިނާމް ހޯދުމަށް ޖެހުލުމެއްނެތި ތައްޔާރުގައި ތިބި ގޭމުގެ ބައިވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން