އަހުމަދު މަސްނޫމް   15 އޮކްޓޯބަރު 2021 - 14:55
ތޮއްޑޫގައި އެސްޓީއޯގެ އެގްރި ސެންޓަރެއް ހުޅުވައިފިއެވެ.

ތޮއްޑޫގައި ހުޅުވި އެސްޓީއޯގެ އެގްރި ސެންޓަރަކީ މާލެއިން ބޭރުގައި ހުޅުވި އެސްޓީއޯގެ ފުރަތަމަ އެގްރި ސެންޓަރެވެ. މި ސެންޓަރ ހުޅުއްވައިދެއްވީ ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމްއެވެ.

އެސްޓީއޯއިން ބުނީ ތޮއްޑޫގައި އެސްޓީއޯގެ އެގްރި ސެންޓަރެއް ހުޅުވީ މި އެ ސަރަހައްދުގައި ދަނޑުވެރިކަން އެންމެ ފުޅާކޮށްކުރާ ރަށަކީ ތޮއްޑޫއަށްވުމުންކަމަށެވެ. އަދި ތޮއްޑޫ ދަނޑުވެރިންނަށް ސީދާ ރަށުގައި ތިބެގެން އެސްޓީއޯގެ އެގްރި ސެންޓަރަށް އެމީހުން ހައްދާ ތަކެތި ވިއްކާލެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.



އެސްޓީއޯއިން ބުނީ ތޮއްޑޫގެ ދަނޑުވެރިން ހައްދާ ބާވަތްތަކުގެ ތެރެއިން އެގްރި ސެންޓަރުން ގަންނަ ހުރިހާ ބާވަތްތަކެއް ގަންނާނެކަމަށެވެ. އަދި ތޮއްޑޫ ފެސިލިޓީގެ މައިގަނޑު މަސައްކަތަކަށް ވާނީ އެސަރަހައްދުގައި ދަނޑުވެރިން ހައްދާ ތަކެތި ތޮއްޑޫ ފެސިލިޓީއަށް ގެންގޮސް އެތަކެތި ރިސޯޓްތަކަށް ސަޕްލައި ކުރުމާއި ހަމައެހެންމެ މާލޭގެ މާކެޓަށް އެތަކެތި ފޮނުވުންކަމަށް އެގްރި ސެންޓަރުން ބުނެއެވެ.

ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ގަނެ، ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދިނުމުގެ ބޭނުމުގައި އެސްޓީއޯއިން އެގްރި ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވީ މިދިޔަ އޭޕްރީލް މަހުގެތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން