ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ އަތުލައިގަތް 100 ކިލޯގެ ޑްރަގްސް އާއެކު ހައްޔަރުކުރި 10 މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނައަދަދެއްގެ މަސްތުވާތަކެތި ހޯދައި 10 މީހަކު އިއްޔެ ހައްޔަރުކުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނާއި 25 އަހަރު، 26 އަހަރު، 27 އަހަރު، 30 އަހަރު، 34 އަހަރު، 35 އަހަރުގެ މީހަކާ އަދި 61 އަހަރުގެ މީހެކެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ދެ ބިދޭސިންނެވެ. މި އެންމެންނަކީވެސް ފިރިހެނުންނެވެ.
އެ އޮޕަރޭޝަނުގައި، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާއި ބައެއް ފަޅުރަށްތައް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައި ފުލުހުންވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި އަނެއް ދެ މީހުން ކޯޓުންވަނީ ދޫކޮށްލާފައެވެ.
އެ ދެ މީހުން ދޫކޮށްލުމުން އިސްތިއުނާފު ކުރުމަށް އެދި މިހާރުވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމަށާއި، މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު