ސިދާތު ޝުކްލާ
ސިދާތު ޝުކްލާ
މިދިޔަ މަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި އިންޑިއާގެ ފިލްމީ ތަރި ސިދާތު ޝުކްލާގެ އާ ލަވައެއް މިހިނގާ ސެޕްޓެމްބަރު މަހުގެ 21 ގައި ނެރެން ނިންމައިފިއެވެ.

މި ލަވައަކީ އޭނާ މަރުވިއިރު ކުޅެންފަށާފައިވާ އަދި މުޅިން ނުނިމި އޮތް ވީޑިއޯ ލަވައެކެވެ.

ސިދާތުގެ ހަނދާނުގައި ނެރޭ މި ލަވައިގެ ނަމަކީ "އަދޫރާ" އެވެ. އެންމެ ފުރަތަމަ މި ލަވަ ރިލީޒްކުރަން ހަމަޖެހިފައިވަނީ "ހެބިޓް" ގެ ނަމުގައި ކަމަށާއި، ސިދާތު މަރުވުމާ ގުޅިގެން ލަވައިގެ ނަން ވަނީ "އަދޫރާ" އަށް ބަދަލުކޮށްފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މީސްމީޑިއާގައި މިހާރު ޕޯސްޓަރ އާންމު ކޮށްފައިވާ މި ލަވައިގައި ސިދާތާ އެކު ފެނިގެން ދާނީ އޭނާގެ ފަހު ވަގުތާ ޖެހެންދެންވެސް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޝެހެނާޒެވެ. އެ ދެ މީހުންނަކީ "ބިގް ބޮސް 13" އިން ދިމާވެ ގުޅުން އުފެދުނު ދެ މީހުންނެވެ.

ސަރްގަމަޕާގެ ތައްގަނޑުގައި މި ލަވަ ނެރެނީ ވަރަށް ބޮޑު ޑިމާންޑަކާއެކު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެންކަމުން މިލަވަ ނެރޭއިރު, ޝޫޓިން އޮތީ އެއްކޮށް ނުނިމި ކަމަށާއި، އެހެންވެ ލަވަ ނެރޭނީ ސިދާތުގެ އެންމެ ފަހުގެ ބައެއް ވީޑިއޯ ވެސް ހިމަނައިގެންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޝްރެޔާ ގޯޝަލް އާއި އާކޯ ކިޔާފައިވާ "އަދޫރާ" ލަވައިގެ ޕޯސްޓަރުގެ ޓެގް ލައިނަކީ "އޭކް އަދޫރާ ގާނާ، އޭކް އަދޫރީ ކަހާނީ" އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން