މޫސުން ގޯސްވެ، މުޅި ރާއްޖެއަށް މިއަދު ޔެލޯ އެލަރޓް ނެރެފިއެވެ.
ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ޔެލޯ އެލަރޓް ނެރެފައިވަނީ ހުކުރު ދުވަހުގެ ރޭ މެންދަމު 12:30ން ފެށިގެން މިއަދު ހަވީރު 04:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މިގަޑިތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު 10 ޖެހުމާ ހަަމައަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
އާންމު ގޮތެއްގައި ކަނޑުތައް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 5 ފޫޓާއި 8 ފޫޓާ ދެމެދުގައިކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި
ދިޔަވަރު ބޮޑުވާ ވަގުތު އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު