ސްޓެލްކޯއިން މިއަދު ކުރިޔަށް ގެންދިޔަ ޓެސްޓްތައް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ސްޓެލްކޯއިން ބުނީ މިއަދު ހެނދުނު 7:00 އިން 8:00 އަށް މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޓެސްޓްތައް ކަރަންޓުގެ ހިދުމަތައް އެއްވެސް މައްސަލައެއް ދިމާނުވެ ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ.
މިއީ ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ވީހާވެސް ކުޑަކޮށް، ހިދުމަތްތައް ފުރިހަމަ ކުރުމަށް ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި މަސައްކަތް ކުރިއަށްދިޔަ ވަގުތު ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން މިހާރު ވަނީ "ގްރިޑް ޕްރޮޖެކްޓު" ގެ ދަށުން މާލެއާއި ހުޅުމާލެ، ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލާފަ އެވެ. މި ޕްރޮޖެކްޓުގެ ދަށުން މިހާރު ކަނެކްޝަން ގުޅައި، ޕްރޮޖެކްޓު އެނަޖައިޒް ކޮށްފައިވާއިރު، މި ޕްރޮޖެކްޓު އެއްކޮށް ނިމުމުން މާލެއަށް ކަރަންޓު ދޭނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެ ބޭނުންކޮށްގެން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ސްޓެލްކޯގެ ގްރިޑް ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ 100 މެގަވޮޓުގެ އިންޖީނުގެއަކަށް ކުރިމަގުގައި ބަދަލު ކުރާނެ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

މާތްﷲ ގެ އިރާދަފުޅާއެކު، މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތައް އެއްވެސް މައްސަލައެއް ދިމާނުވެ މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ ޓެސްޓްތައް މިވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައި. ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ވީހާވެސް ކުޑަކޮށް، އަޅުގަނޑުމެންގެ 1/2 pic.twitter.com/mkKd1BPWa2
— STELCO (@STELCOMALDIVES) October 16, 2021
މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން މިހާރު ވަނީ "ގްރިޑް ޕްރޮޖެކްޓު" ގެ ދަށުން މާލެއާއި ހުޅުމާލެ، ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލާފަ އެވެ. މި ޕްރޮޖެކްޓުގެ ދަށުން މިހާރު ކަނެކްޝަން ގުޅައި، ޕްރޮޖެކްޓު އެނަޖައިޒް ކޮށްފައިވާއިރު، މި ޕްރޮޖެކްޓު އެއްކޮށް ނިމުމުން މާލެއަށް ކަރަންޓު ދޭނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެ ބޭނުންކޮށްގެން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ސްޓެލްކޯގެ ގްރިޑް ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ 100 މެގަވޮޓުގެ އިންޖީނުގެއަކަށް ކުރިމަގުގައި ބަދަލު ކުރާނެ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު