އަނިޔާވެރިގޮތަކަށް ޤަތުލުކޮށް މަރާލި އދ. ދަނގެތީ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ތަޙުޤީޤަށް ބޭނުންވާ ބައެއް ހެކި ހޯދުމަށް އެރަށުގެ ގެއެއް ބަލާ ފާސްކުރަން ފަށައިފިއެވެ.
ފުލުހުން މިވަގުތު ބަލާ ފާސްކުރަމުންދަނީ މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ގޯއްޗާއި 150 ވަރަކަށް ފޫޓް ދުރުގައި ހުރި އެރަށު ނެދުންގެ އެވެ. އެގޭގައި ދިރި އުޅެނީ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުރި ބިދޭސީއެކެވެ.
އެގޭތެރޭގައި ފޮރެންސިކް ފުލުހުން މިވަގުތު ދަނީ ޙަރަކާތްތެރި ވަމުންނެވެ. އަދި ފުލުހުން ވަނީ އެގޭތެރެއިން ބިދޭސީ އަކު ނެރެގެން އެރަށު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ.
ދަނގެތީގައި ހޮޓަލެއް ހިންގުމުގެ އިތުރުން ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ދުއްވާ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދުގެ މަރުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު