އަނިޔާވެރި ގޮތަކަށް ޤަތުލުކޮށް މަރާލި އދ. ދަނގެތީ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ މަޙްމޫދުގެ މަރުގެ މައްސަލާގައި ބަންގްލަދޭޝް އަށް ނިސްބަތްވާާ ސާލިމް ކިޔާ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށާއި ސާލިމްގެ ބަންދުގެ މުއްދަތަށް ދަނގެތީގެ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ އޭނާ ހައްޔަރުކޮށްފައިވަނީ މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ގޯއްޗާއި 150 ވަރަކަށް ފޫޓް ދުރުގައި ހުރި އެރަށު ނެދުންގެއިންނެވެ. އޭނާއަކީ އެގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުރި ބިދޭސީއެކެވެ.
މަޙްމޫދުގެ އަނިޔާވެރި ޤަތުލާ ގުޅިގެން ރަށުގެ ބަޔަކު ވަނީ ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުންނާ ހަވާލުކޮށްފައެވެ. އެއީ ދެ ފިރިހެނުންނާއި އަންހެނެކެވެ. އެ ތިން މީހުން އެހެން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
ދަނގެތީގައި ހޮޓަލެއް ހިންގުމުގެ އިތުރުން ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ދުއްވާ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދުގެ މަރުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު