އިއްޔެ ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާއާއި، ގެއްލުނު 4 އަހަރުގެ ކުޑަކުއްޖާގެ ފޮޓޯއާއި މަންޒަރު ގެނެސް ނުދިނުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން އެދިއްޖެއެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލުން މިއަދު ބުނީ 16 އޮކްޓޯބަރު 2021 ވީ ހޮނިހިރު ދުވަހު ހިނގި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާއާއި އޭނާގެ 4 އަހަރުގެ ދަރިފުޅުގެ ޚަބަރާއި މައުލޫމާތު ޝާއިޢު ކުރުމުގައި، ފޮޓޯއާއި މަންޒަރު ނުހިމެނުމަށް ޢާއިލާއިން އެދިފައިވާ ކަމަށެވެ.
ހިތާމައާއި މާޔޫސްކަމުގެ ހާދިޘާއެއް މެދުވެރިވެފައިވާ ހާލަތެއްގައި ކަންކަން އޮޅުން ފިލުވައި އަދި ޝާއިޢު ކުރާނީ އެހިތާމައެއް ނުވަތަ މާޔޫސްކަމެއް ކުރިމަތިވެފައިވާ ބައެއްގެ އިންސާނީ ކަރާމާތްތެރިކަމަށް އުނިކަން ނާންނާނެ ގޮތުގެ މަތިން ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.
އެމްއެމްސީން ބުނީ މިކަން ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު ބަޔާންކުރާ "ކޯޑް އޮފް އެތިކްސް"ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަން ހަނދާން ކޮށްދޭ ކަމަށާއި ނޫސްވެރިކަމުގެ އަޚްލާޤީ އަދި ސުލޫކީ މިންގަނޑު ހިފެހެއްޓުމަށްވެސް އިލްތިމާސްކުރާކަމަށެވެ.
އެމްއެމްސީން ބުނީ މި ހިތާވެރި ހާދިސާގައި ގެއްލުނު ކުޑަ ކުއްޖާ ހެޔޮ ހާލުގައި ހުއްޓާ ފެނުމަށް އެދި ދުއާ ކުރާކަމަށެވެ. އަދި މި ފުން ހިތާމާގައި މީޑިއާ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި މުވައްޒަފުން ބައިވެރިވެ އެ މަރުހޫމުގެ ފުރާނަޔަށް ހެޔޮ ރަހްމަތް ލައްވާ އާޢިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ދުއާކުރާ ކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު