ބޮލީވުޑުގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ބިޕާޝާއާއެކު މި ދަތުރުގައި އޭނާގެ މަންމަ މަމްތާ ބާސޫއާއި ބައްޕަ ހިރަކް ބާސޫގެ އިތުރުން ފިރިމީހާ ކަރަން ސިންގް ގްރޯވާ ވެސް ބައިވެރި ވެއެވެ.
ދާދި ފަހުން ބިޕާޝާގެ އިންސްޓަރގްރާމް ސްޓޯރީގައި އެމީހުން ރާއްޖެ އައިސް އެއާޕޯޓްގައި ހަރަކާތްތެރިވާ މަންޒަރުތައް ވަނީ ހިއްސާ ކޮށްފައެވެ. އެގޮތުން މި ސްޓޯރީގައި ބިޕާޝާ ވަނީ އޭނާގެ ފިރިމީހާ، މަންމަ އަދި ބައްޕަ ގެ ވީޑިއޯ ހިއްސާ ކޮށްފައެވެ.
މި ވީޑިއޯ ކްލިޕްތަކުގައި އޭނާގެ މަންމައާއި ބައްޕަ ބުނެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން ދެވޭތީ އެންމެން ވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ.
ރާއްޖެ އާދެވެމުން އެންމެންގެ އިހުސާސްތައް ހިއްސާކޮށް ރެކޯޑު ކޮށްފައިވާ މި ވީޑިއޯ އިންސްޓަގުރާމް ސްޓޯރީގައި ބިޕާޝާ ވަނީ ހިއްސާކޮށްފައެވެ. އަދި މި ސްޓޯރީ ހާޓް އެމޯޖީއަކާއި އެކު ހިއްސާކޮށްފައިވާއިރު، ބިޕާޝާ ބުނެފައިވަނީ މިހާރު ރާއްޖޭގައި އޭނާ ހުރި ކަމަށެވެ.
މި ދަތުރުގެ އެއްވެސް ފޮޓޯއެއް މިހާތަނަށް ހިއްސާ ކޮށްފައި ނެތް ނަމަވެސް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރަނީ ބިޕާޝާގެ މި ދަތުރަކީ އޭނާގެ މަންމަގެ އުފަންދުވަސް ފާހަގަ ކުރުމަށް ކުރި ދަތުރެއްކަމަށެވެ. އެގޮތުން މީގެ އެއްދުވަސް ކުރިން ބިޕާޝާ ވަނީ އޭނާގެ މަންމަގެ ފޮޓޯ އިންސްޓަގުރާމުގައި ހިއްސާކޮށް މަންމައަށް އުފަންދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުން ފޮނުވާފައެވެ.
މި ދަތުރު ވެގެންދާނީ މި އަހަރު ބިޕާޝާ ރާއްޖެއަށް ކުރި ދެވަނަ ދަތުރަށެވެ، އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހު ކަރަން ސިންގްގެ އުފަންދުވަސް ފާހަގަ ކުރުމަށް ވެސް ބިޕާޝާ އާއި ކަރަން ވަނީ ރާއްޖެ އައިސްފައެވެ. އެ ދަތުރުގެ ހިތްގައިމު އެތައް ފޮޓޯއެއް އިންސްޓަގުރާމުގައި އޭނާ ވަނީ ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު