ބޭންކް އޮފް މޯލްޑިވްސްގެ ފައިސާގެ ގިނަ މުއާމަލާތްތައް އެބޭންކްގެ އޭޓީއެމްތަކުން ކުރެވޭނެ
ބޭންކް އޮފް މޯލްޑިވްސްގެ ފައިސާގެ ގިނަ މުއާމަލާތްތައް އެބޭންކްގެ އޭޓީއެމްތަކުން ކުރެވޭނެ
ލޮކްޑައުންގެ މުއްދަތުގެ ތެރޭގައި ބޭންކުތައް ހުޅުވަން ކަނޑައަޅާފައިވާ ތިން ދުވަހު ހިދުމަތް ދޭނެ އުސޫލުތައް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ހާމަކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ، ކޮންމެހެން ކުރަންޖެހޭ މުއާމަލާތްތައް ކުރުމަށްޓަކައި މާދަމާ އަދި މި ހަފްތާގެ ބުދަ ދުވަހުގެ އިތުރުން، މި މަހުގެ 26 ވާ އަންގާރަ ދުވަހު އެ މަރުކަޒާއި ރާއްޖޭގެ ބޭންކުތައް ހުޅުވަން ނިންމާފަ އެވެ.

ބީއެމްއެލް އިން ބުނެފައިވަނީ އެ ބޭންކްގެ ޚިދުމަތްތައް މި ތިންދުވަހު ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން 12:00 އަށް ކަމަށެވެ.

"އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ އަޅުގަނޑުމެންގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅުއްވާފައިވާ ފުރަބަންދުގެ މުއްދަތުގަައި ގޭގައި ތިބެގެން ބޭންކިންގެ ހިދުމަތް ހޯދުމަށް ބާރުއެޅުމުގެ ގޮތުން ބޭންކުގެ ހުރިހާ ބްރާންޗަކާއި ސާވިސް ސެންޓަރުތައް މިވަނީ ބަންދުކޮށްފަ އެވެ." ބީއެމްއެލުން ނެރުނު އިއުލާނެއްގައިވެ އެވެ.

އެގޮތުން ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ހެނދުނު 11:00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަ އޮފް ކްރެޑިޓް އެ ދުވަހު ޕްރޮސެސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ޕޭ ރޯލް ނުވަތަ މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުމުގެ ހިދުމަތަށް އީމެއިލް މެދުވެރިކޮށް އެދެވޭނެ ކަމަށާއި، ބީއެމްއެލްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާ ނަަމަ، ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް އެ ދުވަހު ޕްރޮސެސް ވާނެކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. އަދި އެހެން ބޭންކެއްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާ ނަމަ، އެ ދުވަހު ޕްރޮސެސްކުރެވޭނީ 10:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ.

މީގެއިތުރުން ބީއެމްއެލްގެ އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިން ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގަ އެވެ. އެގޮތުން ހެނދުނު 11:30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއް ނަމަ އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.

ބީއެމްއެލުން ބުނީ، ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުނެފައި ވެއެވެ. މިގޮތުން،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން