އައްޑޫޫޫ ޕޮލިސް | ރަސް ފޮޓޯ: ޝާޙް
އައްޑޫޫޫ ޕޮލިސް | ރަސް ފޮޓޯ: ޝާޙް
އައްޑޫޫޫގައި ފުލުހުން ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ފުލުހުން ކުޑަ ކުއްޖަކަށް އަނިޔާ ކުރި ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައިވާ ގޮތާ ގުޅޭ މައުލޫމާތު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ސާފް ކުރަމުން ދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުން އަމަލު ކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައި ވާނަމަ ފުރިހަމަ ތަހުގީގެއް ހިންގައި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން