އަންހެނުންނަށް އަނިޔާކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
އަންހެނުންނަށް އަނިޔާކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
ހުޅުމާލޭގައި އުމުރުން 19 އަހަރުގެ އަންހެނަކަށް އަނިޔާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ރޭ 01:30 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެމައްސަލައާ ގުޅިގެން އުމުރުން 19 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އަންހެން މީހާއަށް އަނިޔާކޮށްފައިވަނީ ރަހީންކޮށް ގެންގޮސްގެން ކަމަށް ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން ފުލުހުން ބުނީ އެ ފަދަ ރިޕޯޓެއް ލިބިފައި ނެތް ކަމަށެވެ. އަދި ފުލުހުންނަށް ހުށައަޅާފައިވަނީ އަންހެނަކަށް އަނިޔާކޮށްގެން އުޅޭ މައްސަލަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން