ލާމާ އަކީ ޖަމަލު އާއިލާއަށް ނިސްބަތްވާ އޮޅު ޖަނަވާރެއް
ލާމާ އަކީ ޖަމަލު އާއިލާއަށް ނިސްބަތްވާ އޮޅު ޖަނަވާރެއް
މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ސިއްރު ފޮރުވިފައިވަނީ ލާމާގެ ލޭގެތެރޭގައި ކަމަށް ދިރާސާވެރިން ލަފާކޮށްފިއެވެ.

ލާމާ އަކީ ޖަމަލު އާއިލާއަށް ނިސްބަތްވާ އިންސާނުންނާ ވަރަށް ރަހުމަތްތެރި އަދި ބަރު ތަކެތި އުފުލުމަށްވެސް މީހުން ބޭނުންކުރާ އޮޅު ޖަނަވާރެކެވެ.

ނިމިދިޔަ ހަފްތާގައި "ސެލް" ނަމަކަށް ކިޔާ ޖާނަލެއްގައި ޝާއިއުކުރި ދިރާސާއަކުން ހާމަވެފައިވާގޮތުގައި، ލާމާތަކުގެ ލޭގައި އެކުލެވޭ އެންޓިބޮޑީގެ އެހީގައި ކޯވިޑް-19 އިން ރައްކާތެރިކަން ހޯދައިދެއެވެ. އިންސާނުންގެ ހަށިގަނޑުގައި ހުންނަ ބޮޑެތި އެންޓިބޮޑީތައް ފަދަ އެންޓިބޮޑީތަކުގެ އިތުރުން، ލާމާގެ ލޭގައި އުފެދޭ ކުދި އެންޓިބޮޑީތަކަށް ވައިރަހުގެ ޕްރޮޓީން ފަދަ އިންސާނުންގެ ހަށިގަނޑުގައި އުފައްދާ އެންޓިބޮޑީތަކަށް ނުވަދެވޭ ތަންތަނަށް ވަދެވެއެވެ.

އެގޮތުން، ދިރާސާވެރިންގެ އުންމީދަކީ ލާމާގެ ހަށިގަނޑުގައި ހުންނަ މި އެންޓިބޮޑީތައް ބޭނުންކޮށްގެން އިންސާނުންގެ ތެރެއިން ބަލި ނުޖެހޭ މީހުންނަށް ވައިރަހުން ރައްކާތެރިކަން ހޯދައިދިނުންކަމަށް ދަގާޑިއަން ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ބައިނަލްއަޤްވާމީ ދިރާސާވެރިންގެ ހޯދުންތަކަށް އެމީހުން ޝުކުރުވެރިވާންޖެހެނީ ބެލްޖިއަމުން ފެނުނު "ވިންޓަރ" ނަމަކަށް ކިޔާ އުމުރުން ހަތަރު އަހަރުގެ ލާމާއަކަށެވެ. އެ ލާމާގެ އެންޓިބޮޑީތަކުން މިހާރުވެސް ސާރސް އަދި މާރސް ވައިރަހާއި ހަނގުރާމަކުރުމުގައި ކާމިޔާބު ނަތީޖާތަކެއް ދައްކާފައިވާތީ، ސައިންސްވެރިން ލަފާކުރަނީ ކޯވިޑް-19 ވައިރަހާއި ދެކޮޅަށްވެސް މި އެންޓިބޮޑީތައް މަސައްކަތްކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މިކަން ސާބިތުކުރުމަށް ކްލިނިކަލް ޓްރަޔަލްތައް ފެށުމަށް ސައިންސްވެރިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ބަލިތަކާއި ހަނގުރާމަކުރުމަށް ތައްޔާރުކުރާ ބޭސްތަކަށް ލާމާތަކުގެ ލޭ ބޭނުންކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު، ލާމާގެ ލޭގައި ޝިފާ ލިބިދޭ މާއްދާއެއް ހިމެނޭކަން ސިއްހީ ދިރާސާވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި އެޗްއައިވީއާއި އެހެން ބައެއް ވައިރަސްތަކަށް ފަރުވާކުރުމަށްވެސް ލާމާގެ ލޭ ބޭނުންކުރުމަށް ދިރާސާތައް މިހާރު ކުރިއަށް އެބަ އެބަދެއެވެ.

ލާމާގެ ލޭގައި ހިމެނޭ މާއްދާތައް މުއްސަނދީ އެކަންޏެއް ނޫނެވެ. ލާމާތަކާއި ކައިރީގައި އުޅުމުން ހަށިގަނޑާއި ސިކުނޑިއަށް ހިތްހަމަޖެހުމާއި ހަމަހިމޭންކަން ހޯދައިދޭކަން ގިނަ ބަޔަކުވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ބައެއް ޔުނިވާސިޓީތަކުގައި އިމްތިހާނުތަކުގެ ދުވަސްވަރު، އިމްތިހާނުގެ ހާސްކަމާއި ނުތަނަވަސްކަން ފިލުވާލުމަށް ދަރިވަރުންގެ ތެރެއަށް ލާމާ ގެނެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ދުވާފަރު މީހާ

20-May-2020

ވެންޓިލޭޓަރު ނުގެނެސް ތީގެ ލާމާ އެއް ގެނެވޭތޯ ބަލަންވީ


7

ލާމަސީލު

19-May-2020

ތިޔަހެން ކުއްތާ ވެސް ގެނައީ އެކަމަކު އެ ގެނައި ބޭނުން ނުހިފޭތީ ދެރައީ.


-1

ތިމަންނަ

18-May-2020

ތިޔަ ޖަނަވާރަކީ ޖަމަލަކާ ވައްތަރު ޖަނަވާރެކެވެ. ރާއްޖޭގައި އުޅެނީ މަކުނު ވައްތަރަށް ބޯދިގު ޖަނަވާރުތަކެކެވެ. ވީމާ ރާއްޖެއަކަށް އިތުރަށް ޖަނަވާރެއް ބޭނުމެއް ނުވެއެވެ.


22

މަސީހް

18-May-2020

ތިޔާގެ އެއްޗެއް ރާއްޖެ އަށް ވެސްގެންނާންތާ މިޖެހުނީ



ޓްރެންޑިން