ގއ އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް ސިއްހީ މަރުކަޒަކަށްވުރެ ދަށްވެއްޖެ ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ގއ އަތޮޅު ހޮސްޕިޓަލްގެ އިހުމާލުން ފަރުވާދިނުން ލަސްވެ އަންހެނަކަށް ސިއްޙީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ މައްސަލައާ ގުޅިގެން މެންބަރު ސަޢުދު މިއަދު ވިދާޅުވީ އެ ހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު މިހާރު އާދައިގެ ސިއްޙީ މަރުކަޒަކަށްވުރެ ދަށްވެފައިވާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލްގައި ގިނަ މައްސަލަތަކެއް ހުރިކަން ސަޢުދުވަނީ ފާހަގަ ކުރަށްވާފައެވެ.
"ހޮސްޕިޓަލްގެ ފަރުވާގެ ފެންވަރު ދަށްވުމާއި އެންބިއުލާންސް ލަސްވުމާ އަވަސް ފަރުވާގެ އިންތިޒާމްތަކާ ގުޅޭ އިހުމާލުތަކަކީ މި ހޮސްޕިޓަލުން ތަކުރާރުވަމުން އަންނަ ކަމެއް." މެންބަރު ސަޢުދު ވިދާޅުވެފައިވެއެވެ.
ގއ. ވިލިނގިލީގައި ކަސްރަތުކުރުމަށް ނުކުމެ އުޅުނު 57 އަހަރުގެ އަންހެނަކަށް ދިމާވި ކުއްލި ސީރިއަސް ޙާލަތެއްގައި ހޮސްޕިޓަލްގެ އިހުމާލުން ފަރުވާދިނުން ލަސްވެ އެމީހާ ފުރާނައާ ހަނގުރާމަ ކުރަމުން އަންނަ ކަމަށް އެމީހާގެ ޢާއިލާއިން ވަނީ ބުނެފައެވެ.
ބަލިމީހާގެ ޢާއިލާއާ ޙަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވަނީ ބަލިމީހާ ބަލައި އެމްބިއުލާންސް ދިޔައީވެސް 45 މިނެޓް ފަހުން ކަމަށެވެ. އަދި ހޮސްޕިޓަލްގެ މެނޭޖަރު ހޮސްޕިޓަލަށް ޙާޟިރުކުރީވެސް ފުލުހުން މެދުވެރިކޮށްގެން ކަމަށް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
އެމީހާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަށް އޭޑީކޭގައި ތައްޔާރުވެފައިވާއިރު އެމީހާ މާލެ ގެނެސްފައިވަނީ ޙާދިސާ ހިނގިތާ 20 ގަޑިއިރު ފަހުން ކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު