ކ. ޕަޓީނާ މޯލްޑިވްސް ރިސޯޓު
ކ. ޕަޓީނާ މޯލްޑިވްސް ރިސޯޓު
ކ. ޕަޓީނާ މޯލްޑިވްސް ރިސޯޓުގައި ކޮންކްރީޓް ބްލޮކެއް ދަށުވެ ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ޕަޓިނާ މޯލްޑިވްސްގައި ކޮންކްރީޓް ބްލޮކެއް ދަށުވެ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު މަރުވެފައިވާ ކަމަށް އިއްޔެ މެންދުރުފަހު 15:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ކޮންކްރީޓް ބޮލްގައި ތާށިވި މީހާ އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. މި ހާދިސާގައި ދިވެހި އިތުރު ދެ ފިރިހެނަކަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންނަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންގެންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން