ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ވ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ވ)
ސްކޮޓްލަންޑްގެ ގްލަސްގޯގައި ކުރިޔަށްދާ ކޮޕް26 ގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމަންވެލްތްގެ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަދި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޕެނަލްގެ މަޝްވަރާތައް ޗެއަރ ކުރައްވާފައިވަނީ ޝެއިޚް ޙަސީނާއެވެ. އަދި މި މަތީ ފަންތީގެ ބައްދަލުކުރެއްވުމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީސިއާ އާއި ސްކޮޓްލަންޑާއި އެހެން ޤައުމުތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މިއީ 48 މެމްބަރު ޤައުމު ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގައި 1.2 ބިލިއަން މީހުން އަދި ކޮމަންވެލްތްގެ 54 މެމްބަރު ޤައުމުގެ 2.5 ބިލިއަން މީހުން ތަމްސީލުކުރާގޮތަށް ބޭއްވުނު ފުރަތަމަ މިފަދަ މަތީ ފަންތީގެ ބައްދަލުވުން ކަމަށެވެ.

މި މަތީ ފަންތީގެ ބައްދަލުވުމުގައި މިނިސްޓަރ އާމިނަތު ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކުއްލި ޙާލަތްތަކުގައި ރާއްޖެއިން އިސްކަންދޭނެކަން ބަޔާންކޮށްދެއްވާފައެވެ. މި މަތީ ފަންތީގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން އެކަމަނާ ވިދާޅުވީ، މި ދަނޑިވަޅަކީ ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރު މަޝްވަރާތަކަށް ވަގުތުނަގާލެވެން އޮތް ދަނޑިވަޅެއް ނޫންކަމަށާ، މިއީ އެންމެން އެއްކަމަކަށް އެއްބަސްވެ އެކަންކަމަށް ޢަމަލުކުރަން ފަށަންވީ ވަގުތު ކަމަށެވެ.

ހަމަ އެއާއެކު މިނިސްޓަރ ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާކަމަށް ލަފާކުރެވޭ ނާޒުކު ގިންތީގެ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް އިތުރު އަހައްމިއްޔަތުކަމެއް ދޭކަން ފާހަގަކުރައްވާފައެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް އަކީ 2009 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވި އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް ކޮޕް15 ގެ ކުރިން ދިވެހި ސަރުކާރުގެ އިސްނެގުމުގެ މަތިން އުފެއްދި ފޯރަމެެކެވެ. މިއަދު ބޭއްވި މަތީ ފަންތީގެ މި ބައްދަލުވުމަކީ ކޮޕް26 ގައި ކޮމަންވެލްތް ޕެވިލިއަންގައި ކުރިއަށްދާ ކޮމަންވެލްތް ފޯ ކްލައިމެޓް ސިލްސިލާގެ ޙަރަކާތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު


9

ދިވެހިރައްޔިތުން

02-Nov-2021

ކްލައިމެޓް ތަކާއި ގުޅިގެން ކަނޑު އަޑީގެ އަގުމާތް ޚަޒާނާތަކަށް ބޮޑެތި ހެޔޮބަދައާދޭ. އަދި އެދިރުންތަކާއި މައުދަންތައް އެއްތަން ކުރެވޭ. އުފެއްދުންތައް ގިނަވެގެންދޭ. އަދިވަޅުޖެހިފައިވާ ތަކެތި ހާމަވޭ. ހާވެފައިވާ ތަކެތި ވަޅުޖެހޭ, ރަށްތައް ހެދިބޮޑުވޭ. ރަށްތަކުން ފެންނަ ފަށުގައި އުނިވެގެންދާ ބައި އެސަރަހައްދަށް ފެތުރިގޮސް އެސަރަހައްދު އެއްކޮށްތިލަވޭ ނަތީޖާ އަކަށްވާނީ އެސަރަހައްދުގެ ފުންކަން ތިލަވެ އޭގެ ފައިދާ ބޮޑަށްހިފޭގޮތްވުން.


3

ދިވެހިރައްޔިތުން

02-Nov-2021

ތެދު ވާހަކަތައް ވިއްކަން ގޮވާލަން. ރާއްޖެއަކީ ﷲ ދެއްވި އަގުހުރި ޖައުހަރެއް މިރާއްޖޭގެ ކަނޑު އަޑީގައިވާ ތަފާތު ދިރުންތަކާއި މައުދަންތައް ބައިވަރު އަގޮބޮޑު އެނެގޭނެ އަދި އެތަނުގެ ފައިދާ އެއްވެސް މިންވަރަކަށް ނެގޭނެ ޓެކްނޮލަޖީ އެއްރާއްޖެއަކު ނެން މިކަމަށް އިންވެސްޓްކުރާނެ އިންވެސްޓަރުން ބޭނުން. ކޮްންމެ އިންވެސްޓެއް 100 އަހަރަށް އެއިގެ %50 ފައިދާ ދިވެހިސަރުކާރަށް އަނެއް %50 ފައިސާ އިންވެސްޓަރަށް އަވަހަށް ދިވެހި ރާއްޖެއަށް ހުރިހާ ގައުމަތަކުން މިސްރާބް ޖަހާ . މިގޮތަށް ގޮވާނަމަ ކިހާ ފައިދާވާނެ. މިހާރު ތިވާގޮތުން ރާއްޖޭގައި އިންވެސްޓްކުރާ މީހުންނަށް ތިޔަ ދެނީ މަރުވެނެތިވެފަނާވެ ކުރިއަށްއޮތް މަދުދުވަސްކޮޅުގެ ތެރޭގައި ރާއްޖެ ހިނގައިދާނެކަމަށް.ބަލަނގަ މާތްﷲ ކުޅަދުންވަންތަ އުސްބޮޑެތި ގައުމުތައް ހަލާކުކޮށްލުމަށްވެސް. އެކަމަކު މިދުނިޔޭގައި މިރާއްޖޭގައި ދިވެހިން ލެއްވި މިބިން އާރާސްތް ކުރުމަށާއި އަދި ﷲ އަށް އަޅުކަން ކުރުމަށް ވީއިރު މިރާއްޖޭގެ ދިރުން އޮތީ ކުރިއަށް. މާތްﷲ އެކަމެއްގެ އަޖަލު ލައްވައިފުމަށްދާންދެން ކަންހިނފާނީ މިހެން. ކްލައިމެޓް ޗޭންޖް ތަކާއި ގުޅިގެން ބިންވެސް ހެދި ބޮޑުވެ ހިނގައިދާނެ. އޭގައިވަނީ މުޅިން ގެއްލުމެއްނޫން, އޭގައި އިންސާނާއަށް ނުވިސްނޭ އެތައްފައިދާ އަކާއި އަދި ގެއްލުމެއްވެސް އެހުރިހާ ކަމެއް ވަނީ, އިންސާނާ އަށް ހުރި ފިލާވަޅެއްކަމުގައި އެވެ.



ޓްރެންޑިން