އެމްޓީސީސީ އިން ކުރިއަށް ގެންދާ ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިއަށް ގެންދާ ބޭރުތޮށީގެ ރޮކް ޕްރޮފައިލިންގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން ހުސްވި އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު ރޮކް ޕްރޮފައިލިންގެ މަސައްކަތް ފަށާފައިވާއިރު މި މަޝްރޫއުގެ ދަށުން 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުން ހިމެނެއެވެ. އަދި 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަޙައްދަށް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢަކީ 16.94 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފާށަފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު