ގއ. މާމެންދޫގައި މިއަހަރުގެ ފެބްރުވަރީ މަހުގެ 8 ވަނަ ދުވަހުގެރޭ ހިންގި ގްރޫޕް މާރާމާރީގައި ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު ވަރަށް ލާއިންސާނީކޮށް މަރާލި މައްސަލާގައި ހައްޔަރުކުރި ކުޑަކުއްޖާ ގޭބަންދަށް ބަދަލުކޮށްފިއެވެ.
މި މައްސަލައިގައި ތިން މީހަކަށާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާ ކުރަން ޖުވެނައިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ.
އޭގެތެރޭގައި ހިމެނޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލު ކުރުމަށް ނިންމާފައިވަނީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް މި ވަގުތު ނެތް ކަމަށް އެޗްއާރުސީއެމުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާތީ އެކަމަށް ޙަވާލާދީފައެވެ. އެ ކުއްޖާގެ މައްޗަށް ކުރަނީ ގަސްދުުގައި މީހަކު މެެރުމުގެ ދައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.
ޢުދައްޔުގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ހަމަ އެރަށު ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށް ދައުވާ ކުރުމަށެވެ.
އެމީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އުދައްޔުގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ޙަމަލާދީފައިވާއިރު ބައެއް ޒަޚަމްތަކުގެ ފުންމިނުގައި ފަސް އިންޗި ހުރި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާއަށް ޙަމަލާ ދީފައިވަނީ ބުރަކަށިން ހިތާ ދިމާއަށެވެ.

ކިޔުންތެރިންގެ ހިޔާލު