ހއ. ދިއްދޫ ފަޅަށް ވަތް ބޮޑު ރާގޮނޑި އައިނެއް ބައްދައި ރަށުގެ ރައްޔިތުންނަށް ރާގޮނޑިތައް ބަހާލައިފިއެވެ.
1200 އެއްހާ ގޭބިސީ ހިމެނޭ ދިއްދޫ ހުޅަނގު ފަރާތުން އަލަށް ހިއްކި ސަރައްދުގެ ފަޅަށް މިއަދު 11 ޖަހާކަންހާއިރު ވަތް މި ރާގޮނޑި އައިން ބައްދައި 9054 ރާގޮނޑި ވަނީ ހިފާފައެވެ.
ރަށުގެ ރައްޔިތުންގެ މަސައްކަތުން ހިފި މި ރާގޮނޑިތައް ހަމަހަމަ އުސޫލުން ރަށުގެ ހުރިހާ ގޭބިސީ އަކަށް ވަނީ ބަހާލާފައެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅަށް ދޭތެރެ ދޭތެރެއިން ރާގޮނޑި ވަންނައިރު, އެގޮތަށް ވަންނަ ރާގޮނޑި އައިންތައް ބައްދައި ހުރިހާ ރައްޔިތުންނަށް ބެހުމަކީ ޢާއްމު އުސޫލުން ހިނގަމުން އަންނަ އާދައެކެވެ.

ކިޔުންތެރިންގެ ހިޔާލު