ފަތުރުވެރިޔާގެ އިނގިލިތައް ޒަޚަމްކޮށްލާފައި
ފަތުރުވެރިޔާގެ އިނގިލިތައް ޒަޚަމްކޮށްލާފައި
މިޔަރަށް ކާންދޭން އުޅުނު ފަތުރުވެރިއެއްގެ އަތުގެ އިނގިލިތައް ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފިއެވެ.

ވ. އަތޮޅަށް ޑައިވިންއަށް ދިޔަ ފަތުރުވެރިއަކަށް މިދިޔަ ބުރާސްފަތި ދުވަހު ދިމާވި މި ޙާދިސާގައި އެ ފަތުރުވެރިޔާގެ އަތުގެ އިނގިލިތައް ވަނީ ވަރަށް ބޮޑަށް ޒަޚަމް ކޮށްލާފައެވެ. މިޔަރަށް ކާންދިނުމަކީ ފަތުރުވެރިން ވަރަށް ގަޔާވާ ކަމެއް ނަމަވެސް އެއީ ފަތުރުވެރިކަމާާބެހޭ ވުޒާރާއިން މަނާކޮށްފައިވާ ކަމެކެވެ.

މި ޙާދިސާގައި އެ ފަތުރުވެރިޔާގެ ކަނާއަތުގެ ތިން އިނގިލި ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ. އަދި ފަތުރުވެރިޔާ މިހާރު ވަނީ އިތުރުފަރުވާއަށް މާލެ ގެނެސްފައެވެ.



ފަތުރުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ރިކްރިއޭޝަނަލް ޑައިވިންއާ ގުޅޭ ގަވައިދުގައިވާ ގޮތުން ޓޫރިސްޓް ހިދުމަތްދޭ ތަންތަނާއި ޑައިވިން ފެސިލިޓީސްތަކާއި އެކްސްކާޝަންތައް ރާވާ ފަރާތްތަކުން މިޔަރަށް ކާންދިނުމަކީ މަނާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން