ރައީސް ސޯލިހްއަކީ އަބަދުވެސް ވަރަށްމަޑުމައިތިރި ހިތްހެޔޮސިފަފުޅުތަކެއްގެ ވެރިއެއްކަން އެއްމެންވެސް ދަނެ އެވެ. ރިޔާސީޓިކެޓާ އެކު އޭރުގެ އިދިކޮޅޮ.އެެއްމެން އެމަނިކުފާނާ އެކު އެކައްޗެއް ކިޔައިގެން ނިކުތީ ގުޅިގެންއެކީ މަސައްކަތް ކުރެވޭނެސިފަތައް ހުރެމެ އޭރުގެ އަނިޔާވެރި ވެރިޔާ ބަލިކުރަން ނެރެވެން ހުރި ހަތިޔާރަކިވެސް އެމަނިކުފާނު ކަމަށްވާތީއެވެ. ހަގީގަތަކީވެސް އެއީތާއެވެ ނަމަވެސް ވެރިކަމަށް ދޮޅު އަހަރުވެގެން ދާއިރު ފެންނަނީ ވެރިކަން ހޯދަން ހެދި ކޯލިޝަނަކީ ސަރުކާރުގެ ވައުދު ފުއްދަން އެޅިފައިވާ ހުރަހެއްކަމަށް ބުނެ ކޯލިޝަން މައިޕާޓީ ގެ ވެރިޔާ އާއި ހިސާބުން މަޖިލިސް މެންބަރުންނާ ހަމަޔަށް ކޯލިޝަން ރޫޅާ ނުލެވިގެން އުޅޭ މަންޒަރެވެ.

އެކަމަކު އެއީ އެވެރިން ސަރުކާރާއި ރައީސް ސޯލިހަށް ހެޔޮއެދިގެން ދައްކާ ވާހަކަތަކެއް ކަމަށް ބެލެވޭކަށް ނެތެވެ. އެދައްކަވަނީ އިހްލާސްތެރި ވާހަކަތަކެއް ކަމަށް ގަބޫލް ކުރާ މަދު ބަޔަކު އުޅުނަސް ގިނައީ އެެއީ އިހުލާސްތެރި ކަމެއްނެތް ބަހަނާތަކެއް ކަމަށް ބުނާމީހުންނެވެ. ހަގީގަތަކީ އެއީ އެވެ. ރައީސް ސޯލިހް ދަތިއަޅުވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޕާަޓީގެ ތެރެއިންނެވެ. ފަހަރެެއްގަ މިކަން މިގޮތައް އެހިނގަނީ އެމްޑިޕީގެބަހުރުވައިން އެކިޔާ މަގުމަތިީގައި ތިބި 7 އަހަރު ހަރަކާތްތެރިވި ފަރާތްތަކަށް ބައި ނޭޅި ނުވަތަ ވަޒީފާ ނުލިބި އެއްފަރާތްވެފައި ތިބެންޖެހުމުން ކަމަށް ވެސް ވެދާނެއެވެ.

ހަމަގައިމުވެސް ސަރުކާރު ދަތި އަޅުވަން އެހެން ޕާޓީތަކުން ކުރާކަމެއް ފާހަގަ އެއް ނުވޭމެއެވެ. މިކަންކަން މިހެން މިދިމާވަނީ ވެސް ރައީސް ގެ އެހުންނަ މަޑުމައިތިރި ކަމެއްގެ ސަބަބުން ކަމަށް ގިނަބަޔަކު ބުނެއެވެ. ވުމާއެކު ވައުދު ތައް ފުއްދަވައި ރައްޔަަތުންނަށް އުފާވެރިކަން ގެނެސްދޭން ބޭނުން ކަމަށް ވާނަމަ"ގަޓް"ހުރެގެންހިތްވަރާ އެކު ހަށިފޮޅާލާފައި ނިކުމެވަޑައިންނަވަން ރައީސް ސޯލިހަށް ޖެހިވަޑައިނަވާނެ އެވެ.

އެހެން ނޫނީ ސަރުކާރުގެ ދުވެއްޔެއްވެސް ބާރުވާތަނެއް ނުފެންނާނެ އެވެ. ޔަގީންވެ ކަށަވަރު ވާކަމަކީ ބަޔަކު ކަންފަތް ބުޑުގައިތިބެމެ ގޮވިޔަސް ދައުރު ނިމެންދެން ކޯލިޝަން ދެމެހެއްޓުމަކީ ރައީސް ސޯލިހް ގެ އެއްމެ އިސް ވިސްނުންފުޅެވެ. ވީމާއަރިހުގައި ތިއްބަވައިގެން ބަހަނާނުދައްކަވައި ރައީސަށާއި ސަރުކާރަށް އެއްބާރުލުން ދެއްވާށެވެ. އިހުލާސްތެރިކަމަކަށްވާނީ އޭރުންތާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން