ނިކާހް ހަފްލާ
ނިކާހް ހަފްލާ
ހަމަހަމަ ކަމާއެކު އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް ވަކާލާތުކޮށް މިހާތަނަށް އެންމެ ހަގު އުމުރުގައި ދުނިޔޭގެ ނޯބަލް ސުލްހައިގެ އިނާމް ހާސިލްކޮށްފައިވާ މަލާލާ ޔޫސުފް ޒައި މިއަދު ކައިވެނިކޮށްފިއެވެ.

އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅެމުން އަންނަ މަލާލާ ކައިވެނިކުރީ ޕާކިސްތާނުގެ ކްރިކެޓް ބޯޑްގެ އޮޕަރޭޝަންސް މެނޭޖަރ އަސަރު މާލިކާ ކަމަށް ރިޕޯޓްތައް ބުނެއެެެވެ. ކައިވެނީގެ އުފަލުގައި ބާމިންގްހަމްގައި ހުންނަ މަލާލާގެ ގޭގައި ވަނީ އާއިލާއާއެކު ކުޑަކުޑަ ކައިވެނީގެ ހަފްލާއެއްވެސް ބާއްވާފައެވެ.

ކައިވެނީގެ ހިތްގައިމު ފޮޓޯތައް ހިއްސާ ކުރަމުން މަލާލާ ބުނީ މިއަދަކީ އޭނާއަށް ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ. އެގޮތުން އޭނާގެ މި އުފަލުގައި ބައިވެރިވެ، އޭނާގެ ހަޔާތުގެ މި ފެށުމަކީ އުފާވެރިކަމުން ފުރިގެންވާނެ ދަތުރަކަށް ވުމަށް އެންމެންވެސް ދުއާ ކޮށްދިނުމަށް އޭނާ ވަނީ އެދިފައެެވެ.



އުމުރުން 24 އަހަރުގައި މަލާލާ ކައިވެނިކޮށްފައިވާއިރު އުމުރުން އެންމެ 15 އަހަރުގައި ތާލިބާނުން ދިން ހަމަލާތަކެއްގެ ޝިކާރައަކަށް މަލާލާ ވަނީ ވެފައެވެ.

އެގޮތުން މަލާލާއަށް ދުނިޔޭގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ 2012 ވަނަ އަހަރު އަންހެން ކުދިންގެ ތައުލީމާ ގުޅިގެން ވަކާލާތު ކުރުމުގެ ސަބަބުން ތާލިބާނުން ދިން ބަޑީގެ މަރުގެ ހަމަލާއާ އެކީގައެވެ. އެ ހަމަލާއާ ގުޅިގެން ފަރުވާ އަށް އިނގިރޭސިވިލާތަށް އާއިލާއާ މއެކު ދިޔަ ގޮތަށް މަލާލާ ދިރިއުޅެނީ އިނގިރޭސި ވިލާތުގައެވެ.

އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށާއި ދުނިޔޭގައި ސުލްހަ ގާއިމްކުރުމަށް މަލާލާ އުފުލަމުން ދިޔަ އަޑާއި، އޭނާގެ މަސައްކަތްތައް ފާހަގަކޮށް ނޯބަލް ސުލްހައިގެ އިނާމު އޭނާއަށް ދީފައި ވަނީ 2014 ގައި މަލާލާގެ އުމުރުން އެންމެ 17 އަހަރުގައެވެ. އެހެންކަމުން މަލާލާ އަކީ މިހާރު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި ހިމެނޭ މަގުބޫލު އަދި ހިތްވަރު ގަދަ ޝަހުސިއްޔަތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން