ރައްޔިތުން އެދޭ ގޮތަށް ދީލާލުމަށް ވުރެ ވަކި މޮޅުކަމެއް ޖުމްހޫރީ ވެރިކަމަކުން ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިހު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމުހޫރީ ދުވަހުގެ މުނާސަބާތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ، ހާސް ފަހަރު ގޮތްދޫކޮށް، ރައްޔިތުން އެދޭ ގޮތަށް ދީލާލުމަށް ވުރެ ވަކި މޮޅުކަމެއް ޖުމްހޫރީ ވެރިކަމަކުން ނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް މުޅިގައުމުގެ މަސްލަޙަތާ އެންމެންގެ ލާބައާއި ގައުމިއްޔަތުގެ ރުކުންތަކުގައި ބަދަލުނުވާނެ އަދި ގުޑުވާ ނުލެވޭނެ ކަންކަން ހުންނާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެެވެ. އެގޮތުން އިސްލާމްދީނާއި މިނިވަންކަމާއި އާދަކާދައާއި ސަގާފަތް އެއީ ރަތް ރޮނގު ކަމަށާއި، އެއީ ދޫދެވޭނެ ކަމެއް ނޫން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ސާލިޙު ވިދާޅުވީ ހުރިހާ ރައްޔިތުންގެ އަޑު ސަރުކާރުން އަހަންޖެހޭ ކަމަށާއި، ރައްޔިތުންގެ އަޑުއަހައި އެކަމަށް ރިޢާޔަތްކުރައްވާނެ ކަމަށެވެ. ސަރުކާރުގެ ނިންމުމުގެ ތިލަފަތް އަބަދުވެސް ބުރަވާނީ ރައްޔިތުން އެދޭގޮތަށް އެންމެންނަށް ލާބައާއި މަންފާ ހުރިގޮތަށް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ވަކި ފަރުދެއް ވަކި ރަށެއް ތަފާތު ނުކޮށް ސަރުކާރުން ދޭންޖެހޭ ހިދުމަތް ހަމަހަމަކޮށް ފޯރުކޮށްދިނުމަކީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އަމާޒުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި ދުލާއި ގަލަމުގެ މިނިވަންކަން ރާއްޖޭގައި އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ވަކި ރައްޔިތަކު ނުވަތަ ބަޔަކު ބޭނުންވާ ގޮތުގެ މައްޗަށް ސަރުކާރުން އިތުރަށް އިސްކުރަން އޮތިއްޔާ އޮންނާނެ އެއްޗަކީ އެންމެންގެ ލާބައާއި ގައުމީ މަސްލަހަތު ކަމަށް ރައީސް ވިދާޅުވިއެެވެ. ރައީސް ސާލިޙު ވިދާޅުވީ އަމިއްލަ ކަންކަމުގައި ބަސްބުނެ، ރައްޔިތުންނަށް ގޮތް ނިންމެންޖެހޭ ކަމަށާއި، އެކަމަށް އެޅޭ ކޮންމެ ހުރަހަކީ، ޖުމްހޫރިއްޔަތު ފައްކާވުމަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާ ކުރަން ޖެހޭނީ މި ފަސް އަހަރަށްވީ ވައުދުތައް ފުއްދާ ނިންމުމަށް ކަމަށެވެ. އަދި ކޮވިޑް-19 އިން ގެއްލުނު މުއްދަތަކީ ބަހަނާއެއް ނޫންކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާ ކުރަންޖެހޭނީ މި ފަސް އަހަރަށްވީ ވައުދުތައް ފުއްދާ ނިންމުމަށް. 2022 ވަނަ އަހަރުގެ ބަޖެޓް އަޅުގަނޑުމެން ހުށައެޅީ އެ މިސްރާބަށް ވާސިލުވުމުގެ އަމާޒުގައި." ރައީސް ސާލިހު ވިދާޅުވިއެެވެ.
ރައީސް ސާލިޙު ވިދާޅުވީ ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ތަރައްގީގެ ކަންކަން ހުއްޓުމެއްނެތި މި ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށެެވެ. އެގޮތުން ސަރުކާރުން ހިންގަން ނިންމާފައިވާ ތަރައްގީގެ މަޝްރޫއު ތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސާލިޙު ވިދާޅުވީ ތިލަމާލެ ކަނެކްޓިވީގެ މަސައްކަތް ހުއްޓުމެއްނެތި ހިނގާނެ ކަމަށާ ހައިސްޕީޑް ފެރީ ނެޓްވޯކްގެ ހަރުފަތްތައް ދާނީ ގިރާ ކުރަމުން ކަމަށެވެ. އަދި ދަތުރުފަތުރުގެ ވިއުގައިގެ އަގު ރައްޔިތުންނަށް ލާހިކު ކުރުމަށްޓަކައި އެކަށީގެންވާ ސަބްސިޑީ ސަރުކާރުން ދެމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އިއާދަ ކުރަނި ހަކަތައާ އެކުއެކީ ކަރަންޓްގެ އިތުބާރު ބޮޑު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަން ޖެހޭ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން ގެންދާ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އޭ-ލެވެލްފެންވަރަށް ކިޔެވޭނެ ގޮތާއި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދެވިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު