ޢުމުރުން ދުވަސްވީ ބަލިމީހަކު އެމެޖެންސީ ހާލަތުގައި ފެރީއެއްގައި މާލެ ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ޢާންމުވުމާއެކު މާލެ ސަރަހައްދުގެ ސިއްހީ ނިޒާމާމެދު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާގެ ޚިދުމަތުގެ ފެންވަރު ދަށްވެ ރައްޔިތުންގެ ޝަކުވާގެ އަޑުތައް ގަދަވެފައި ވަނިކޮށް މިއަދު ޢާއްމުވެފައިވާ ވީޑިއޯގައި ފެންނަނީ ސްޓްރެޗަރގައި އޮތް އުމުރުން ދުވަސްވީ ބަލި މީހަކު އެމްޖެންސީގައި މާލެ ގެންދިއުމަށް ފެރީއެއްގައި އުފުލާ މަންޒަރެވެ. ވީޑިއޯ ޢާއްމުކޮށްފައިވާ މީހާ ބުނެފައިވަނީ، މިއީ ބަލިވެ ހާލު ދެރަވެގެން އިމަރޖެންސީ ހާލަތުގަ ވިލިމާލެއިން ބަލިމީހާ ގެންދަންޖެހޭ ގޮތް ކަމަށެވެ.
"މީތޯ ރައްޔިތުމީހާއަށް ހައްގު މިންވަރަކީ؟" ރައިސް މުޙައްމަދު ނަޝީދު އާއި ރައީސް ޞާލިޙް ޓެގްކޮށް މީސްމީޑިއާގައި ޢާއްމު ކޮށްފައިވާ ވީޑިއޯގައިވެއެވެ.
މާލެ ވިލިނގިއްޔަކީ މާލެ ސަރަހައްދުގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހަމަޖައްސައި ވިލިނގިލީގައި މީހުން ދިރިއުޅޭތާ އެތައް އަހަރެއް ވެފައިވާއިރު ވިލިނގިލީގައި ނުވަތަ ވިލިމާލޭގައި އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭކަން އެއަވަށުގައި ދިރިއުޅޭ މީހުން ފާހަގަކުރެއެވެ. އަދި މިހާ ދުވަސްވީއިރުވެސް އެކަށީގެންވާ ފެރީ ނިޒާމެއް ވެސް ގާއިމު ކުރެވިފައި ނެތް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓާ، އައިޖީއެމްޗުން ބައެއް ކަހަލަ ޓެސްޓް ހެދުމަށާއި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އެތައް ދުވަހެއް ވާންދެން ކިއޫގައި ތިބެން ޖެހޭ ކަމުގެ ޝަކުވާއާއެކު މާލޭ ސަރަޙައްދުގެ ސިއްޙީ ނިޒާމާމެދު ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާއިރު ރާއްޖޭގެ އަތޮޅެއްގައި ގާއިމުކޮށް ހިންގާ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލް ކަަމަށްވާ، އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ޚިދުމަތްތައް ބޮއްސުންލައި ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުންތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ޚިދުމަތް ދިނުން ލަސްވުމާއި އެކަށީގެންވާ އަވަސް ފަރުވާ ނުލިބޭ ކަމަށް ބުނެ އައްޑޫގެ އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ދާދިފަހުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.
ނަމަވެސް ސަރުކާރުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ޙަމްދާން ދާދިފަހުން ވިދާޅުވެފައިވަނީ ރައްޔިތުންނާ ގާތުން ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ސަރުކާރުން ވީ ވަޢުދު ފުއްދާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓާ ގާއިމު ކުރުމުގެ މަޝްރޫޢުވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ.

Balive haalu dheravegen emergency haalathuga villimale in Bali meehaa gendhaagoiy... meethor rayyithu meehaa ah haggu minvarakee?? @MohamedNasheed @ibusolih pic.twitter.com/hf4wDCpIrJ
— Aishath Sithuna (@AishathSithuna1) November 11, 2021
މާލެ ވިލިނގިއްޔަކީ މާލެ ސަރަހައްދުގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހަމަޖައްސައި ވިލިނގިލީގައި މީހުން ދިރިއުޅޭތާ އެތައް އަހަރެއް ވެފައިވާއިރު ވިލިނގިލީގައި ނުވަތަ ވިލިމާލޭގައި އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭކަން އެއަވަށުގައި ދިރިއުޅޭ މީހުން ފާހަގަކުރެއެވެ. އަދި މިހާ ދުވަސްވީއިރުވެސް އެކަށީގެންވާ ފެރީ ނިޒާމެއް ވެސް ގާއިމު ކުރެވިފައި ނެތް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓާ، އައިޖީއެމްޗުން ބައެއް ކަހަލަ ޓެސްޓް ހެދުމަށާއި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އެތައް ދުވަހެއް ވާންދެން ކިއޫގައި ތިބެން ޖެހޭ ކަމުގެ ޝަކުވާއާއެކު މާލޭ ސަރަޙައްދުގެ ސިއްޙީ ނިޒާމާމެދު ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާއިރު ރާއްޖޭގެ އަތޮޅެއްގައި ގާއިމުކޮށް ހިންގާ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލް ކަަމަށްވާ، އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ޚިދުމަތްތައް ބޮއްސުންލައި ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުންތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ޚިދުމަތް ދިނުން ލަސްވުމާއި އެކަށީގެންވާ އަވަސް ފަރުވާ ނުލިބޭ ކަމަށް ބުނެ އައްޑޫގެ އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ދާދިފަހުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.
ނަމަވެސް ސަރުކާރުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ޙަމްދާން ދާދިފަހުން ވިދާޅުވެފައިވަނީ ރައްޔިތުންނާ ގާތުން ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ސަރުކާރުން ވީ ވަޢުދު ފުއްދާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓާ ގާއިމު ކުރުމުގެ މަޝްރޫޢުވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު