މި މަހުގެ 5 ވަނަ ދުވަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" އަންނަ މަހު ނެޓްފްލިކްސުން ސްޓްރީމް ކުރަން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ އަންނަ މަހުގެ 5 ގައި ނެޓްފްލިކްސުން މި ފިލްމު ޕްރީމިއާ ކުރަން ނިންމާފައިވާ ކަމަށެެވެ. އަދި ނެޓްފްލިކްސަށް މި ފިލްމުގެ ޑިޖިޓަލް ރައިޓްސް ވިއްކާލީ 65 އާއި 70 ކްރޯޑް ރުޕީސް އާ ދެމެދުގެ އަގެއްގައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މި ފިލްމު ވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، މަހާރަޝްތުރާގެ ސިނަމާތައް ހުޅުވާލި ފަހުން، މިހާތަނަށް ރިލީޒްކުރި ހިންދީ ފިލްމުތަކުގެ ތެރެއިން ސިނަމާތަކުގައި އަޅުވައިގެން 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަށެވެ.
މި ފިލްމު ކުރިން ނެރެން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ މާޗް މަހުގައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ސިނަމާތައް ބަނދުކޮށްފައި އޮތުމުން މި ފިލްމުގެ ރިލީޒް ޑޭޓް ވަނީ ފަސްކޮށްފައެވެ.
އަންނަ މަހުގެ 5 ވަނަ ދުވަހު ނެޓްފްލިކްސުން ފިލްމު ސްޓްރީމް ކުރެވޭނެ ކަމަށް މީޑިއާތަކުން ބުނަމުން ދިޔަ ނަމަވެސް، ފިލްމުގެ ޑައިރެކްޓަރު ރޯހިތު ޝެޓީ އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ފިލްމަކީ މުންބާއީ ދެވުނު ޓެރަރިސްޓް ހަމަލާއެއްގައި މުންބާއީގެ އެންޓީ ޓެރަރިޒަމް ސްކޮޑް ހަރަކާތްތެރިވާ ގޮތް ދައްކުވައިދޭ ފިލްމެކެވެ. ސޫރިޔާވަންޝީ އަކީ ރޯހިޓް ޝެޓީގެ އަމިއްލަ ސްކްރިޕްޓެއް ކަމަށް ބުނާއިރު މި ފިލްމަކީ އޭނާގެ ސިމްބާއާއި ސިންގަމްއާއި ގުޅުޅޭ ގޮތަށް ސްކްރިޕްޓް ލިޔެފައިވާ ފިލްމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ސިފަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު