ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ދައުވާކުރާނެ ނުވަތަ ނުކުރާނެ މައްސަލަތައް އެންމެންނަށްވެސް މިހާރު އަންދާޒާކުރެވޭކަމަށް ކުރީގެ ނާއިބު ރައީސް އަދި މަޝްހޫރު ޤާނޫނު ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، ޑރ. މުހައްމަދު ޖަމީލް އަހުމަދު މިހެން ވިދާޅުވީ ދައުވާކުރުމުގައި މީހެއްގެ މަޤާމަށް ނުވަތަ ހައިސިއްޔަތަށް ނުބައްލަވާކަމަށާއި ބައްލަވަނީ ހުށަހެޅިފައިވާ ހެކިތަކަށްކަމަށް ވިދާޅުވެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުންނެވެ.
ޕީޖީގެ ވާހަކަތަކަށް ރައްދުދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ ޤާނޫނު އަސާސީގެ ޒިންމާ އަދާކުރާ ޕީޖީއެއް މިހާރު ނެތްކަމަށާއި ހުރީ ސަރުކާރުގެ ވަކީލެއްކަމަށެވެ.
ޖަމީލު ވިދާޅުވީ ދަޢުވާކުރާނެ އަދި ނުކުރާނެ މައްސަލަތައް މިހާރު އެންމެންނަށް ވެސް އަންދާޒާކުރަން އެނގޭކަމަށެވެ. އަދި ޖޭއެސްސީއާއެކު ޕީޖީވެސް ރިފޯމްކުރަންޖެހޭކަމަށާއި އޭޖީ އޮފީހުން ދަޢުވާ އުފުލި ޒަމާނަށް އަނބުރާ އެކަން ރުޖޫޢަވެއްޖެކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
"ޤާނޫނު އަސާސީގެ ޒިންމާ އަދާކުރާ ޕީޖީއެއް ނެތް، ހުރީ ސަރުކާރުގެ ވަކީލެއް. މިހާރު އެންމެންނަށް ވެސް އަންދާޒާކުރަން އެނގޭ ދަޢުވާކުރާނެ އަދި ނުކުރާނެ މައްސަލަތައް. ޖޭއެސްސީއާއެކު ޕީޖީވެސް ރިފޯމްކުރަންޖެހޭ. އޭޖީ އޮފީހުން ދަޢުވާ އުފުލި ޒަމާނަށް އަނބުރާ އެކަން ރުޖޫޢަވެއްޖެ." ޑރ. ޖަމީލް ވިދާޅުވިއެވެ.
ދަޢުވާ ކުރުމުގައި ބަލަނީ މީހާގެ ނަމާއި މަޤާމަކަށް ނޫންކަމަށާއި ލިބޭ ހެކިތަކަށްކަމަށް ޕީޖީ ޝަމީމް ވިދާޅުވިއިރު، ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުންނާއި ސިޔާސީ ބޭފުޅުންނާއި ގާތް ބޭފުޅުންގެ މައްސަލަތަކުގައި ދައުވާ ކުރަން ނިންމެވުމުގައި ޕީޖީން ވަކި ފަރާތަކަށް ޖެހޭކަން ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފާހަގަކުރައްވައެވެ.
އެގޮތުން މިނިވަން މުއައްސަސާ ތަކުން ދައުވާ ކުރަން ފޮނުވާ ބައެއް މައްސަލަތަކުގައި ހިމެނޭ ބައެއް ފަރާތްތަކަށް ދައުވާ ކުރުމުގައި ސިޔާސީ އިސް ފަރާތްތަކުގެ ޕްރެޝަރަށް ވަރަށް ބޮޑަށް ޕީޖީ ތަބާވަމުން ދާކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ ޕީޖީއަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު