މަހަށް ގޮސް ހުއްޓާ ސްޓްރޯކެއް ޖެހިގެން ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދިޔަ މީހަކު މިއަދު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްވެރިކަމަށް ނުކުމެ އުޅުނު ތިނަދޫއަށް ނިސްބަތްވާ މީހަކަށް ސްޓްރޯކެއް ޖެހިގެން ސީއެމްބިއުލާންސްގައި އެރަށަށް ގެންދިޔައީ މިއަދު ހަވީރުއެވެ. އެމީހާ އަކީ ތިނަދޫ ގައި ދުއްވާ މަސްދޯންޏެއްގައި މަހައްދާ މީހެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، މަހަށް ގޮސް ހުއްޓާ ހާލު ދެެރަވި ދިވެހި ފިރިހެނެއް މިއަދު ހަވީރު 17:20 އެހާކަންހާއިރު އެމްއެންޑީއެފް ގެ އެހީތެރިކަމާއެކު ސީއެމްބިއުލާންސްގައި އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި، ހޮސްޕިޓަލަށް ގެނައި އިރުވެސް އެމީހާ ނޭވާ ނުލާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ގދ ތިނަދޫގެ ހުޅަނގުން 33 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި އުމުރުން 40 އަހަރުގެ ފިރިހެނަކަށް ކުއްލި ސިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފް ސަދަން ކޮމާންޑްގެ އެހީތެރިކަމާއެކު ސީ އެމްބިއުލާންސްގައި މިއަދު 17:25 ހާއިރު ގދ. ތިނަދޫއަށް ގެންގޮސްދީފައިވާ ކަމަށެވެ.
މިކަމާބެހޭގޮތުން އެމްއެންޑީއެފުން އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު