ރާއްޖޭގައި ހިންގާ އޮންލައިން ނޫސްތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭންޖެހޭ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، އޮންލައިން ނޫސްތަކަށް ދޭނެ ފައިސާ ދައުލަތުގެ ބަޖެޓުގައި ހިމަނަންޖެހޭ ކަމަށެވެ. އަދި ކޮންމެ ނޫހެއް ވެސް ހިންގޭވަރަށް ބަޖެޓުގައި ފައިސާ ހިމަނަންޖެހޭ ކަމަށާއި، ނޫސްތަަކަކީ މިނިވަން ބަޔަކަށް ވާންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ނޫސްތައް ހިންގަންޖެހޭނީ ކުންފުނިތަކުން ނުވަތަ ސަރުކާރުން ސްޕޮންސަރ ދީގެން ނޫން ކަމަށް ސަލީމް ވިދާޅުވިއެެވެ.
"ކޮންމެވެސް ކުންފުންޏަކުން ސްޕޮންސަރއެއް ދީގެން ސަރުކާރުން ސްޕޮންސަރ ދިނީމާ ދެން އެމީހުން ކުރާ ހުރިހާ ވައްކަމެއް ދެން ނޫހުގައި ނުޖަހަންވީ. ޖަހާކަށް ނުކުރޭނެ އެއްނު، އެހެނެއް ނޫން މިކަމެއް އޮންނަންވީކީ. ކުންފުންޏަކު ނޫން ދައުލަތުގެ ބަޖެޓުގައި އެފައިސާ ހިމެނިފައި ހުންނަންޖެހޭނީ ހުރިހާ ނޫސްތަކަށް ފައިސާ." މަޝްހޫރު ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ސަލީމް ވަނީ މިހާރު ބަޖެޓްގައި އެހެންކަންކަމަށް ޚަރަދު ކުރަން ހުރި ފައިސާއިން ބައެއް އުނިކުރުމަށްފަހު ވެސް އާންމުކޮށް ހިންގާ ހުރިހާ ނޫސްތަކަށް ބަޖެޓުގައި ފައިސާ ހިމެނުމަށް ގޮވާލައްވާފައެވެ.
"ތި ސިޔާސީ މަގާމުތަކަށް ވުރެ މާ ރަނގަޅުވާނެ ނޫސްތަކަށް ފައިސާ ދިނިއްޔާ، ކީއްކުރަންތޯ 1000 މީހުން ނަގައިގެން ތިން ހަތަރު ސަތޭކަ ފަސްސަތޭކަ މިލިއަން ރުފިޔާ ޚަރަދުކުރަނީ. 50 މިލިއަން ރުފިޔާ ނޫސްތަކަށް ޖެހީމަ ނިމުނީ އެެއްނު. މިއީ މި ގަންނަ ގަނޑަކީ، އެމީހުން (ނޫސްވެރިން) ބައިތިއްބަންވީ މުސާރަ ނުލިބޭގޮތަށް ނިކަމެތި ކަމުގައި މީހުންނަށް އާދޭސް ކޮށްގެން ސްޕޮންސަރ ހޯދައިގެން އެ ދަރަޖައަށް ނޫސްތައް ވައްޓާލުން މި ސަރުކާރުގެ ބޭނުމަކީ އެއީ." ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު