މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ގޭ ބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލެވިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުތައް ފުރިހަމަކޮށްފައިވާ އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފެހައްޓާފައިނުވާކަމަށް ހޯމް މިިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިިނިސްޓަރ އިމްރާން އަބްދުﷲ މިހެން ވިދާޅުވީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ގޭ ބަންދަށް ދޫކޮށް، ވަކި މުއްދަތެއްގައި ގޭބަންދުގައި ހުރުމަށްފަހު، ރަށު ބަންދަށް ނުވަތަ ޖަލުން ރަށު ބަންދަށް ދޫކޮށްފައިވާ ފަރާތްތަކަށް ގިނަ އަހަރުތަކެއް ވެގެންދާއިރުވެސް ޕާސްޕޯޓް ހިފަހައްޓާފައި އޮންނަކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.
މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރ އިމްރާން ވިދާޅުވީ ޤާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ ސަބަބުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލެވިފައިވާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ޝަރުތުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފެހެއްޓިފައިނުވާނެކަމަށެވެ. ނަމަވެސް، ޝަރުތުތަކާއި ޚިލާފުވުމުގެ ސަބަބުން ހުކުމަށް އަލުން ރުޖޫޢަ ކުރަންޖެހޭ ފަރާތްތައްވެސް ހިމެނޭ ގޮތަށް، ހުކުމް ތަންފީޛު ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މުޖްތަމަޢަށް ދޫވެފައިވާ އެކިފަރާތްތަކުގެ ޕާސްޕޯޓުތައް ވަނީ ހިފެހެއްޓިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓިފައިވާ ފަރާތްތަކުގެ ތެރޭގައި ޑްރަގް ފަރުވާ ފުރިހަމަ ނުކުރުން ނުވަތަ ދަރަނި އަދާނުކުރުން ފަދަ މައްސަލަތަކުގައި ޣައިރު ޙާޟިރުގައި ހުކުމްކޮށްފައިވާ ފަރާތްތައްވެސް ހިމެނޭކަމަށާއި މިހުރިހާ ފަރާތެއްގެވެސް ޕާސްޕޯޓު ހިފެހެއްޓިފައިވަނީ، އެފަދަ ފަރާތްތަކުން ތަންފީޛުކުރަންޖެހޭ ހުކުމްތައް ހުރުމުންކަމަށެވެ. އަދި މިފަދަ ފަރާތްތައް ލިސްޓު ކުރެވިފައިވާއިރު، އޭގެތެރޭގައި ވަރަށް ގިނަ އަދަދެއްގެ މީހުން ހިމެނޭކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެފަދަ ފަރާތްތަކުގެ ތެރެއިން އިތުރު ކުށަކަށް އަރައިނުގަނެ ގިނަ ދުވަސްތަކެއްވެފައިވާ ފަރާތްތަކުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް މިހާރު ތަންފީޛުކުރަން ފެށުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ނުފެންނާތީ، މިފަދަ ހާލަތެއް މެދުވެރިވެފައިވާ ހުރިހާ ފަރާތްތަކަށްވެސް ޢަދުލުވެރި ހައްލެއް ހޯދައިދިނުމަށް މައްސަކަތްތަކެއް ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު