ދުނިޔޭގެ ސިިއްހަތު ޖަމިއްޔާގެ އިސްވެރިން
ދުނިޔޭގެ ސިިއްހަތު ޖަމިއްޔާގެ އިސްވެރިން
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއަކީ ޗައިނާއިން ގެންގުޅޭ ކުޅޭކުޅޭ ބުދެއްކަމަށާއި، އެ ޖަމިއްޔާއަށް އެމެރިކާއިން ދޭ އެއްބާރުލުން މުޅިން ހުއްޓާލަން ވިސްނާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އޭއެފްޕީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޯވިޑް-19 އަށްފަހު ޔޫއެންއިން ބޭއްވި ފުރަތަމަ އަހަރީ އެސެމްބްލީއާއި ގުޅުވައިގެން އިއްޔެ ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އަހަަރެއްގެ މައްޗަށް 450 މިލިއަން ޑޮލަރު ޑަބްލިއުއެޗްއޯއަށް ދެމުން ގެންގޮސްފައިވާނެ ކަމަށެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ޑަބްލިއުއެޗްއޯއަށް އެ ޖަމިއްޔާއަށް ނިދޭ ވަރުގެ ބޮޑު އަދަދެއް ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. އެއަދަދު ބޮޑުތަނުން ކުޑަކުރުމުގެ މަޝްވަރާތައް މިކުރަނީ އެމެރިކާއާއި ދޭތެރޭގައި އެމީހުން ކަންތައް ކުރާގޮތާއި މެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާތީކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"ޑަބްލިއުއެޗްއޯ އިން އެމެރިކާއަށް ވަރަށް ދެރަ ލަފާތަކާއި އިރުޝާދުތައް ވަނީ ދީފައި." ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ ޗައިނާއިން ޑަބްލިއުއެޗްއޯއަށް އަހަރެއްގެ މައްޗަށް ދެނީ 40 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެއް ހިޔާލަކީ އެމެރިކާއިން ދޭ 450 މިލިއަން ޑޮލަރުގެ އަދަދު 40 މިލިއަން ޑޮލަރަށް ތިރިކުރުން ކަމަށް ވީނަމަވެސް، ގިނަ ބަޔަކަށް އެއަދަދު ވެގެން ދިޔައީ މާ ދަށް އަދަދަކަށްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން