ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ކުޑަކުރަން އިދިކޮޅު މެންބަރު އާދަމް ޝަރީފް ގޮވަައިލެއްވުމުން މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ނުރުހުން ފާޅުކުރައްވައިފިއެވެ.
މެންބަރުންނާ ސިޔާސީ މަގާމު ތަކުގެ މުސާރަ ކުޑަކުރަން ނުޖެހޭ ކަމަށް ވިދާޅުވެ ޝަރީފް ހިތްހަމަނުޖެހުން ފާޅުކުރެއްވީ ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު އިތުރު ކުރުމަށް ފިނޭންސުން އެދިފައިވާ މައްސަލައިގެ ބަހުސްގައި ސިޔާސީ މީހުންގެ މުސާރަ ކުޑަކުރަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލެއްވުމުންނެވެ.
އިދިކޮޅު މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ފައިސާ ޗާޕުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާ މެންބަރުން އުޅެނީ ސިޔާސީ މީހުންގެ އާއިލާތަކަށް ލިބޭ ކުޑަ މުސާރަކޮޅު އަތުލަން ކަމަށެވެ. ޝަރީފް ވިދާޅުވީ އެއީ ވެސް ރައްޔިތުން ކަމަށާއި އެ މީހުންގެ މުސާރަވެސް ކަނޑައިގެން ނުވާނެކަމަށެވެ.
"އެ މީހުންނަށް ލިބޭ މުސާރައަކީ އެތައް އާއިލާއަކަށް އެ ފައިދާ ލިބޭ އެއްޗެއްސޭ، ކިހިނެއްތޯ ވެގެން ތިބޭފުޅުން ތިއުޅުއްވަނީ؟ ކީކޭތޯ ހިތަށް އަރުއްވައިގެން ތި އުޅުއްވަނީ؟،" ޝަރީފް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ދައުލަތުން ދަރަނި ނަގާއިރު، އެ ނަގާ ފައިސާއިން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ބޭކާރު ހަރަދުތައްކުރުންވެސް މަދުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ފައިސާ ޗާޕްކުރުމުގެ ސަބަބުން ޑޮލަރުގެ އަގު އުފުލި، ތަކެތީގެ އަގު އުފުލިގެންދާނެކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ބަޖެޓް މެނޭޖްކުރަން ދަތިވާކަމަށްވަނާމަ އެންމެ ފުރަތަމަ ކަމަކަށް ސިޔާސީ މީހުން މަދުކުރަންވީކަމަށެވެ. އަދި ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކޮށް، މަޖިލިސް މެމްބަރުންނާ ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ކުޑަކުރަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު