ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
ރައީސް ޔާމީނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ފެށީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އެމައްސަލައިގެ އަޑުއެހުންތަށް ނިއްމާލައި ރައީސް ޔާމިންގެ ފަރާތްޕުޅުންނާއި ދައުލަތުގެ ފަރާތުން މިހާރު ވަނީ ޚުލާސާ ބަޔާން ވެސް ހުށައަޅާފައެވެ.
މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ މި މައްސަލައިގައި ބަލަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެހެންކަމުން އަންނަ ބުރާސްފަތި ދުވަހު ބާއްވާ އަޑުއެހުމަކީ ހުކުމްކުރުމުގެ ކުރިން ފަނޑިޔާރުން ސާފްކުރަން ބޭނުންވާ ބައެއް ކަންކަން ސާފުކުރުމަށް ބާއްވާ އަޑުއެހުމެއް ކަމަށް ބެލެވެއެވެ.
އެހެން ނަމަވެސް މިކަން ސްޕްރީމް ކޯޓުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ސްޕްރީމް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން މައްސަލަ ނިންމައި ހުކުމް ކުރެވޭތޯ ބައްލަވާނެ ކަމަށް ފަނޑިޔާރު މަހާޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި އެންމެ ފަހުން ބޭއްވި އަޑުއެހުމަށްފަހު އިތުރު ކަމެއް އޮޅުންފިލުވަން ނެތްނަމަ އެ އަޑުއެހުމަކީ އެ މައްސަލާގައި ބާއްވާ ފަހުގެ އަޑުއެހުން ކަމަށާއި، ދެން އޮންނާނީ ހުކުމްކުރުން ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމިނަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރެއްވި ކަމަށްބުނާ މައްސަލައިގައެެވެ. އެ މައްސަލައިގައި ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއިދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު