މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)"ގައި ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ކުޅެންއެރި އަސްއަދު އަލީ (އަޑުބަރޭ) ހިންގި އަމަލަކީ ވަރަށް ލަދުވެތި އަަމަލެއް ކަމަށް ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެެވެ.
މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)"ގައި ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗުގެ އިތުރުވަގުތުގައި ކުޅެންއެރި އަޑުބަރޭ ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީއަށް ގަސްތުގަައި ކުޅުމުން ބޭރުގައި އޮޅަނބޮށިން ހަމަލާދީފައެވެ. އަޑުބަރޭ ސްޓީވަށް ހަމަލާ ދިނުމުން އޭނާއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ބާލާފައެވެެ.
އެކަމަށް އިޝާރަތް ކުރައްވައި ޝައިހް އަލީ ޒައިދު ވިދާޅުވީ ކުޅިވަރުގެ ރޫޙާ ޚިލާފު، ގައުމަށް ހުތުރުނަން ހޯދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިއެއްގެ އެ އަމަލާއިމެދު ލަދުވެތިވާ ކަމަށް ޒައިދު ވިދާޅުވިއެވެ.
"ދަނޑާއި ދަނޑުން ބޭރުގައި ވެސް އަޚުލާގީ މައްސަލަ ހުރި ނަމަ ޓީމުން ފުރުސަތު ދޭކަން ނުޖެހޭ، އިހުމާލު ބޮޑު." ޒައިދު ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޑުބަރޭއަށް ގައުމީ ޓީމުން ފުރުސަތު ދީފައިވާއިރު، އޭނާގެ އަޚުލާގީ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މެލޭޝިއާއަށް ގައުމީ ޓީމު ފުރަން ގޮސް ތިއްބާ ކިޓް މެނޭޖަރު ހަސަން ނިޒާރު މުހައްމަދު (ލައްޓި ބޮޑޭ) ގެ ޕާސްޕޯޓް ފޮރުވި މައްސަލައިގައި ރާއްޖެ ތަށި ހޯދި އެ މުބާރާތުގައި ވާދަކުރި ގައުމީ ޓީމުން އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ. އޭގެ ފަހުން ސިޔާސީ ހަރަކާތްތަކެއްގެ ތެރެއިން ފުލުހުން އޭނާ ދެ ފަހަރެއްގެ މަތިން ވަނީ ހައްޔަރުވެސް ކޮށްފައެެވެ.
އަޑުބަރޭގެ ފަރާތުން މިއަދު ފެނިގެން ދިޔަ ކުޅިވަރުގެ ރޫހާ ޚިލާފު އެއަމަލާއެކު ދިވެހި ސަޕޯޓަރުންގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައިގެ ތަޖުރިބާކާރުންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ. މިއީ ފުޓުބޯޅައިގެ އެތިކްސް އާއި ހިލާފު، ގައުމުގެ އަގު އެހެން ބައެއްގެ ކުރިމަތީގައި ވެއްޓޭފަދަ އަމަލެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ސިފަކުރެއެވެ.

ކުޅިވަރުގެ ރޫޙާ ޚިލާފު، ޤައުމަށް ހުތުރުނަން ހޯދާފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭ! މިއަދު ޤައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިއެއްގެ އަމަލާމެދު ލަދުގަނެއްޖެ! ދަނޑާ ދަނޑުން ބޭރުގައިވިޔަސް އަޚްލާޤީ މައްސަލަ ހުރިނަމަ ފުރުސަތު ދޭކަށް ނުޖެހޭ! އިހުމާލު ބޮޑު!
— Ali Zaid (@alizaid1000) November 16, 2021
"ދަނޑާއި ދަނޑުން ބޭރުގައި ވެސް އަޚުލާގީ މައްސަލަ ހުރި ނަމަ ޓީމުން ފުރުސަތު ދޭކަން ނުޖެހޭ، އިހުމާލު ބޮޑު." ޒައިދު ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޑުބަރޭއަށް ގައުމީ ޓީމުން ފުރުސަތު ދީފައިވާއިރު، އޭނާގެ އަޚުލާގީ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މެލޭޝިއާއަށް ގައުމީ ޓީމު ފުރަން ގޮސް ތިއްބާ ކިޓް މެނޭޖަރު ހަސަން ނިޒާރު މުހައްމަދު (ލައްޓި ބޮޑޭ) ގެ ޕާސްޕޯޓް ފޮރުވި މައްސަލައިގައި ރާއްޖެ ތަށި ހޯދި އެ މުބާރާތުގައި ވާދަކުރި ގައުމީ ޓީމުން އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ. އޭގެ ފަހުން ސިޔާސީ ހަރަކާތްތަކެއްގެ ތެރެއިން ފުލުހުން އޭނާ ދެ ފަހަރެއްގެ މަތިން ވަނީ ހައްޔަރުވެސް ކޮށްފައެެވެ.
އަޑުބަރޭގެ ފަރާތުން މިއަދު ފެނިގެން ދިޔަ ކުޅިވަރުގެ ރޫހާ ޚިލާފު އެއަމަލާއެކު ދިވެހި ސަޕޯޓަރުންގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައިގެ ތަޖުރިބާކާރުންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ. މިއީ ފުޓުބޯޅައިގެ އެތިކްސް އާއި ހިލާފު، ގައުމުގެ އަގު އެހެން ބައެއްގެ ކުރިމަތީގައި ވެއްޓޭފަދަ އަމަލެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ސިފަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު