2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމަށް މިއަދު 3 އަހަރު ފުރިގެން މިދިޔައީއެވެ. ރައީސް ސާލިހުގެ ވެރިކަމަށް 3 އަހަރު ފުރިގެންދިޔައިރު، މި ތިން އަހަރު ފާހަގަވެފައިވަނީ ތަފާތު އެތައް ކަމެއް ފެނިގެންދިޔަ ތިން އަހަރުގެ ގޮތުގައެވެ.
ރައީސް ސާލިހުގެ ވެރިކަމަށް ތިން އަހަރު ފުރިގެން ދިޔައިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަން އެގޮތުގައި ދެމިއޮތުމެވެ. އެމްޑީޕީ، ޖޭޕީ، އަދާލަތު އަދި އެމްއާރުއެމް ހިމެނޭ ކޯލިޝަން އެގޮތުގައި އެބައޮތެވެ. މިއީ މީގެކުރީގެ ކޯލިޝަން ވެރިކަންތަކާއި އަޅާބަލާއިރު ފާހަގަ ކޮށްލެވޭ ބޮޑު ކާމިޔާބެކެވެ. މީގެކުރިން ހެދި މިފަދަ ހުރިހާ ކޯލިޝަންތަކެއް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރޫޅިފައެވެ. އެހެންކަމުން ރައީސް ސާލިހު ކޯލިޝަން ދެމެހެއްޓުމަށް ކުރަށްވާ މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. ނަމަވެސް މި ކޯލިޝަން އެގޮތުގައި ދައުރު ނިމިގެންދާއިރު އޮންނާނެއޭ އަދިވެސް ބުނާކަށް ނޭނގެއެވެ. ސިޔާސީ މަަސްރަހަށް އަންނަ ބަދަލަކާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި މަސްރަހު އެފުށް މިފުށަށް ޖެހުމަކީ ނުވެ ނުދާނެ ކަމެކެވެ.
ރައީސް ސާލިހުގެ ޒައާމަތުން ތިން އަހަރު ފާއިތުވެގެންދިޔައިރު ތަރައްގީގެ ރޮނގުން ހާސިލުކުރެވުނު މިންވަރާއިމެދު ބައެއް މީހުން ހިތްހަމައެއް ނުޖެހެއެވެ. ތަރައްގީގެ މަސައްކަތްތައް ލަސްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މާލެއާއި އަތޮޅުތަކުގައި އުމްރާނީ ތަރައްގީއަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އެކަން އެހެން ދިމާވި އެއް ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ބުނަނީ ސަރުކާރުން ކުރާ މަސައްކަތްތަކުގެ ވާހަކަ ދައްކައި އިދިކޮޅުން ދައްކާ އެފަދަ ނޭއްގާނި ވާހަކަތަކަށް ޖަވާބުދާރީ ވާނެ އަނގަތައް ސަރުކާރުގައި މަދީއެވެ. ނުވަތަ އަމުދުން ނުވެސް ނެތީއެވެ. އެއީ ހަމަ ހަގީގަތަކަށް ވެސް ވެދާނެއެވެ.
ނަމަވެސް ސަރުކާރުން ބުނާގޮތުން ކޯވިޑާއި ގުޅިގެން ތަރައްގީގެ މަސައްކަތްތަކަށް ލަސްތަކެއް ކުރިމަތިވިޔަސް، ތަރައްގީއަށް ކުރެވުނު މަސައްކަތްތައް މަދެއް ނޫނެވެ. ކުރީގެ ސަރުކާރު ތަކުގެ ތިން އަހަރާއި މިސަރުކާރުގެ ތިން އަހަރާ އަޅާ ކިޔައިގެން މިސަރުކާރަށް "އޭ ރިޕޯޓެއް" ލިބޭނެ ކަމާއިމެދަކު ސަރުކާރުން ޝައްކެއް ނުކެރެއެވެ. އެހެނީ މިސަރުކާރުން ހިންގާ އެއަރޕޯޓްތައް ތަރައްގީ ކުރުމާއި ބަނދަރުތަކާއި ބިން ހިއްކުމާއި ހައުސިންގ ޔުނިޓް އެޅުން ދަނީ ކުރިއަށެވެ. އަދި ސަރުކާރުގެ އިޖްތިމާއި ރައްކާތެރިކަމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ އެހެން ކަންކަންވެސް ދަނީ ހަމަޖައްސަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ އިގްތިސާދުގައި ހިމެނޭ އެކިއެކި ސިނާއަތްތައް ކުރިއަރުވަންވެސް ތަފާތު އެކި މަސައްކަތްތައް ކުރެވި އެކަމުގެ ނަތީޖާ ދަނީ ފެންނަމުންނެވެ.
ސަރުކާރަށް 3 އަހަރު ފުރިގެން ދިޔައިރު ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަންގެ މައްސަލަތަކެވެ. އަދި ގައުމީ ސަލާމަތާއި ގުޅޭ މައްސަލަތަކެވެ. ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެމައްސަލަތައް ތަހުގީގްކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް ގިނަ ބަޔަކު ބުނެއެވެ. ނުވަތަ ތަހުގީގު ކުރިޔަސް ފިޔަވަޅު އެޅެނީއެވެ.
ފާޑު ކިޔާ ފަރާތްތަކުން ފާހަގަކުރާ އަނެއް މައްސަލައަކީ ގައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ނިންމާފައިވާ ނިންމުންތަކެވެ. ވަކި ބަޔަކާއެކު ސިއްރު އެއްބަސްވުންތައް ހަދައިގެން ގައުމީ ސަލާމަތަށް ނުރައްކާ ކުރަމުންދާކަމުގެ ތުހުމަތެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ. މިސަރުކާރުން ގާނޫނާ ޚިލާފަށް އަދި ރާއްޖޭގެ މިނިވަންކާ ސިޔާދަތަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރާ ކަމުގެ ޔަގީންކަން ސަރުކާރުން އަންނަނީ ދެމުންނެވެ.
އެހެން ވެރިކަންތަކާއި އަޅާބަލާއިރު ރައީސްގެ ސާލިހުގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރު ފާހަގަވަނީ ސިޔާސީ މާބޮޑު ހަލަބޮލިކަމެއް ނެތް، ތިން އަހަރުގެ ގޮތުގައެވެ. ސިޔާސީ ގޮތުން އޮތް ކޯޅުމެއްވިއްޔާ އޮތީ، ރައީސް ސާލިހާއި ރައީސް ނަޝީދާ ދެމެދު ގައެވެ. އެމްޑީޕީގައި އުފެދުނު ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ފެކްޝަންގެ މެދުގައި އޮތް ވާދަވެރިކަމާއި ޒުވާބެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ފަޑުކިއުމާއި ޖެއްސުން ކުރުމެވެ. އެހެން ނޫނީ ސިޔާސީ މާބޮޑު ކަމެއް ނެތެވެ. އިދިކޮޅު ފަރާތްތަކުންވެސް މަގުމައްޗަށް ނުކުމެ ހިނގާލުންތައްވެސް ބާއްވަން ފެށީ ވަރަށް ފަހުންނެވެ. އެފަދަ ހަރަކާތްތައް ބޭއްވިޔަސް އެއީ ސަރުކާރަށް މާބޮޑު ސިޔާސީ ޕްރެޝަރަކަށް ނުވެއެވެ. މިސަރުކާރަށް ޕްރެޝަރަކަށް ވީ ކޯވިޑްގެ އާލަމީ ވަބާއެވެ. އެ ބޮޑު ނުރައްކާތެރި ބަލި މަޑުކަމެވެ. މިދިޔަ ދެއަހަރު ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ހަނގުރާމަ ކުރަން ޖެހުނީވެސް ތަޅާފޮޅަން ޖެހުނީ ވެސް ކޯވިޑާއެވެ. އެ ހަނގުރާމައިގައި ދުނިޔެވެސް ގަބޫލުކުރާފަދަ ފާހަގަ ކޮށްލެވޭ ކާމިޔާބެއް ރައީސް ޞާލިހުގެ ސަރުކާރުން ހޯދާފައިވާ ކަމީ ފާޑުކިޔާ ގިނަ މީހުންވެސް ގަބޫލުކުރާ ހަގީގަތެކެވެ.
ސިޔާސީ މާބޮޑު ހަލަބޮލިކަމެއް ނެތި މިދިޔަ 3 އަހަރު ނިމިދިޔަޔަސް، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން މުޅިން ބަދަލުވެގެން ދާނެކަމީ ޔަގީންވާ ކަމެކެވެ. ކުރިމަތީގައި އޮތީ މާ ބޮޑު ހަނގުރާމައެކެވެ. 2023 ގެ ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާއެކު ސިޔާސީ މަސްރަހު އަނެއްކާވެސް އެކްޓިވޭޓްވާނެއެވެ. ނޫނީ ހަލަބޮލި ވާނެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާމެދު ނިންމެވި ގޮތެއް އިއުލާންކުރައްވާފައެއް އަދި ނުވެއެވެ. އެފަދަ ސުވާލުތަކަށް އެމަނިކުފާނު މާބޮޑު ތަފްސީލީ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވަނީ އެމަނކުފާނުގެ ވިސްނުންފުޅާއި ފޯކަސް ގެންގުޅުއްވަނީ ރިޔާސީ ވައުދުތައް ފުއްދެވުމަށް ކަމަށެވެ.
ނަމަވެސް ރައީސް ޞާލިހު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު އެމަނިކުފާނު އެކަން ކުރަށްވާނީ ބޭނުންފުޅުވާ ގޮތަށް ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވިއްޖެ ނަމައެވެ. ރައީސް ނަޝީދު މިހާރުވަނީ 2023 ގައި ބަރުލަމާނީ ނިޒާމުގެ ފެންނަ ނުފެންނަ ވޯޓު ނަގާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް މަގުފަހި ކުރުމަށްޓަކާ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަށްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިހާރު މިއޮތް ސިޔާސީ މަސްރަހު އެހާހިސާބަށް ދެމިގެން ހިނަގައްޖެ ނަމަ 2023 ގައި އެންމެ ބޮޑު ވާދަވެރިކަމެއް ހިނގާނީ ރައީސް ޞާލިހާއި ރައީސް ނަޝީދާ ދެމެދުގައެވެ. އެމްޑީޕީގެ ތެރޭގައެވެ. ނަމަވެސް އެއީ ފެނުމަށްވުރެ ނުފެނުން ގާތް މަންޒަރެކެވެ. ހިނގުމަށްވުރެ ނުހިނގާނެ ކަމަށް ގަބޫލުކުރަންޖެހޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު