އަހުމަދު މަސްނޫމް   17 ނޮވެމްބަރު 2021 - 14:34
ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ރޭގައި ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑަށް ފަރުވާ ދެމުންދަނިކޮށް ނިޔާވީ އުމުރުން 75 އަހަރުގެ އަންހެނެއްކަމަށެވެ. އޭނާ ނިޔާވީ ރޭ 2:01 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 248 ވަނަ މީހާއެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 90،117 އަށް އަރާފައެވެ. އަދި ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން އިއްޔެ އިރުއޮއްސި 6:00 އަށް އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2،154 ގައެވެ.

އިއްޔެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 35 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 83 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 13 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 70 މީހަކު ހިމެނެއެވެ. މިހިސާބުތަކަށް ބަލާއިރު އަތޮޅުތަކުގެ ރަށްތަކުގައި ކޮވިޑް ފެތުރޭ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު