މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)"ގައި ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި ކުޅެންއެރި އަސްހަދު އަލީ (އަޑުބަރޭ) ހިންގި ލަދުވެތި އަަމަލާއިިމެދު ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ޒައީމް ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗުގެ އިތުރުވަގުތުގައި ކުޅެންއެރި އަޑުބަރޭ ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީއަށް ގަސްތުގަައި ކުޅުމުން ބޭރުގައި އޮޅަނބޮށިން ހަމަލާދީފައެވެ. އަޑުބަރޭ ސްޓީވަށް ހަމަލާ ދިނުމުން އޭނާއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ބާލާފައެވެެ.

މައުމޫން ވިދާޅުވީ އަޑުބަރޭ ހިންގީ ހަޑިހުތުރު އަމަލެއް ކަމަށެވެ. އަދި އޭނާއާ މެދު ފިޔަވަޅު އެޅުމަށް މައުމޫން ގޮވާލެއްވިއެވެ.



ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޑުބަރޭއަށް ގައުމީ ޓީމުން ފުރުސަތު ދިން ނަމަވެސް އޭނާގެ އަޚުލާގީ މައްސަލަތައް މީގެ ކުރިން ފާހަގަ ކުރެވިފައި ވެއެވެ. އެގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މެލޭޝިއާއަށް ގައުމީ ޓީމު ފުރަން ގޮސް ތިއްބާ ކިޓް މެނޭޖަރު ހަސަން ނިޒާރު މުހައްމަދު (ލައްޓި ބޮޑޭ) ގެ ޕާސްޕޯޓް ފޮރުވި މައްސަލައިގައި ރާއްޖެ ތަށި ހޯދި އެ މުބާރާތުގައި ވާދަކުރި ގައުމީ ޓީމުން އޭނާ ސަސްޕެންޑް ކުރިއެވެ. އޭގެ ފަހުން ސިޔާސީ ހަރަކާތްތަކެއްގެ ތެރެއިން ފުލުހުން އޭނާ ދެ ފަހަރެއްގެ މަތިން ވަނީ ހައްޔަރުވެސް ކޮށްފައެެވެ.

އަޑުބަރޭގެ ފަރާތުން ފެނިގެން ދިޔަ ކުޅިވަރުގެ ރޫހާ ޚިލާފު އެއަމަލާއެކު ދިވެހި ސަޕޯޓަރުންގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައިގެ ތަޖުރިބާކާރުންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ. މިއީ ފުޓުބޯޅައިގެ އެތިކްސް އާއި ހިލާފު، ގައުމުގެ އަގު އެހެން ބައެއްގެ ކުރިމަތީގައި ވެއްޓޭފަދަ އަމަލެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ސިފަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު


1

ތިމަންނަ

18-Nov-2021

މިހާރު. މިނިސްޓަރުކަމަށް. ޝަރުތު ފުރިހަމަވީ