"ޕީޖީއޭ ޔޫތު ފެލޯޝިޕް" ނުވަތަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީ ޔޫތު ފެލޯޝިޕް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ޔޫތު ފެލޯޝިޕް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ.
މިޕްރޮގްރާމަކީ ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތައް އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ޑިޕްލޮމޭޓުންގެ އާ ޖީލެއް އުފައްދަން، އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ ޝާހިދުގެ މަސައްކަތްޕުޅާއި އިސްނެންގެވުމުގެ މަތިން އިފްތިތާހުކުރެވިގެންދިޔަ ޕްރޮގްރާމެކެވެ.
"ޕީޖީއޭ ޔޫތު ފެލޯޝިޕް" ޕްރޮގްރާމްގައި ބައިވެރިކުރާ ޒުވާނުން އެމެރިކާގެ ނިއުޔޯކަށް ގެންގޮސް އެއް އަހަރު ދުވަސް ވަންދެން އެގައުމުގައި އަމަލީ މަސައްކަތްތައް އުނގެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އދ. ގެ ނިޒާމުގެ ތެރެއަށް އެ ޒުވާނުން ހޭލުންތެރި ކުރުވައި މަލްޓިލެޓަރިޒަމަށް ވަރުގަދައަށް ވަކާލާތުކުރާ ބަޔަކަށްވުމަށް މިކަމުގެ ސަބަބުން މަގުފަހިގެންދާނެއެވެ. މިގޮތުން އދގެ އެންމެ މަތީ ލެވެލްގެ ބައްދަލުވުންތަކާއި މަސައްކަތްތަކުގައި އެމީހުން ބައިވެރިވާނެއެވެ.
މިޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު އދގެ މެމްބަރު ގައުމުތަކަށް މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ޕްރޮގްރާމްގައި ބައިވެރިކުރުމަށް 8 ޒުވާނަކު ހޮވާނީ އެކަމަށްޓަކައި އެކުލަވާލާ ހާއްސަ މިނިވަން ޕެނަލަކުންނެވެ.
މި ޕްރޮގުރާމުގެ ދަށުން ހޮވޭ ޒުވާނުން އަންނަ ޖެނުއަރީމަހު ނިއުޔޯކަށް ދިއުމަށް ހަމަޖެހިފައިވާއިރު މިކަމަށް ހިނގާ ހުރިހާ ހަރަދެއް ބަލަހައްޓާނީ "ޕީޖީއޭ ޔޫތު ފެލޯޝިޕް" ޕްރޮގްރާމްގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު