އަވަށްޓެރި އިންޑިއާއާއެކު ދިވެހި ސަރުކާރުން ބާއްވަމުންދާ ގުޅުމާއި ގުޅޭގޮތުން ހަޤީޤަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރަމުންދާކަމަށް ބުނެ ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރާއްޖެ އިންޑިއާއެކު އޮތް ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށާއި އިސްތިޤްލާލް ނުރައްކާވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ކުއްވެރިކޮށް، ދިވެހި ޚާރިޖިއްޔާއިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.
މިބަޔާނުގައި ސަރުކާރުން ބުނީ ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ބާއްވާ ގުޅުންތަކަކީ ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އުސޫލުތަކުގެ ތެރެއިން ބާއްވަމުންދާ ގުޅުންތަކެއްކަމަށެވެ. އަދި އެފަދަ ގުޅުމެއްގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނޯންނާނެކަމަށާއި، އެގުޅުންތަކުގެ ސަބަބުން ލިބޭނީ ކުރިއެރުންކަމަށް ބަޔާނުގައިވެއެވެ.
ސަރުކާރުން ބުނީ އިންޑިއާއާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ އެއްވެސް ވަރެއްގެ ހަޤީޤަތެއް ނެތް، ދޮގު ވާހަކަތަކެއްކަމަށެވެ. އަދި މިއީ ގިނަ ރައްޔިތުން ދެކޭ ގޮތެއްވެސް ނޫންކަމަށާއި، މިއީ ދެ ޤައުމުގެ ގުޅުމަށް ބުރޫ އެރުވުމަށް މަސައްކަތްކުރާ ބަޔަކު ކުރާކަމެއްކަމަށްވެސް ބަޔާނުގައިވެއެވެ.
ސަރުކާރުގެ ބަޔާނުގައި ރާއްޖެއާ އަވަށްޓެރި އިންޑިއާއެކު އޮތް ތާރީހީ ގުޅުމުގެ ތެރެއިން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ލިބެމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް އިންޑިއާ އާއިއެކުގައި މަސައްކަތް ކުރާނެކަމަށާއި، އެމަސައްކަތް އެހެން ޤައުމުތަކާއެކުވެސް ކުރާ ކަމުގެ ޔަގީންކަން ބަޔާނުގައި ވަނީ ދީފައެވެ.
ސަރުކާރުގެ ބަޔާނުގައި އަވަށްޓެރި ގައުމުތަކާއި ގުޅޭގޮތުން ހަޤީޤަތާއި ހިލާފް ވާހަކަތައް ނުފެތުރުމަށާއި، މީޑިއާތަކުންވެސް ހަޤީޤަތާއި ހިލާފް މިފަދަ ވާހަކަތައް ފެތުރުމުގައި ނޫސްވެރިކަމުގެ މިންގަނޑުތަކަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އިންޑިއާ ސިފައިންނާއި ދެކޮޅަށް އަޑު އުފުލާތީ ސަރުކާރުން ބަޔާނެއް ނެރެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ހުއްޓުމެއްނެތި އިންޑިއާ އައުޓް ގޮވަމުން ހިނގާލުންތައް ބާއްވަމުންނެވެ. އަދި އެ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދާކަން ވެސް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު