އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ދިފާއުވާން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތަހުގީގަށް ދީފައިވާ ބަޔާން ބޭނުންވާ ކަމަށް ނިހާންގެ ފަރާތުން ޝަރީއަތުގައި ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި ނިހާނުގެ މައްޗަށް ދައުލަތުން 6 ދައުވާއެއް އުފުލާފައި ވާއިރު، އޭގެ ތެރޭގައި ރިޝްވަތުހިފުމާއި މަނީ ލޯންޑަރިންއާ ގުޅޭ ދައުވާތައް ހިމެނެއެވެ.
އެމައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް މިއަދު ފަށާފައިވާއިރު، މިއީ ދެ ފަރާތުން ވެސް ހެކި ހާމަކުރަން ފުރުސަތު ދިނުމަށް ބޭއްވި އަޑުހުމެކެވެ.
މިއަދުގެ އަޑުއެހުމުގައި ނިހާނުގެ ވަކީލު ހުސްނީ މުބާރިކު ވަނީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ކޯޓަށް ހާޒިރުވެ ތިބެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ. އޭނާ އެގޮތަށް އެދިވަޑައިގެންނެވީ ޕީޖީގެ ވަކީލުން އެހެން ވަކީލުންގެ އިރުޝާދު ހޯދާކަމަށް ތުހުމަތުކުރުމަށްފަހުއެވެ. އެކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވަނީ ކޯޓަށް ހާޒިރުވެ ތިބެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް ނިންމައި، އޭގެ 48 މިނިޓު ފަހުން އެ މައްސަލައިގެ ޝަރީއަތް ފަށާފައެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ނިހާންގެ ވަކީލު ވަނީ ޕީޖީ އޮފީހުން ހޯދަން އެދުނު ބައެއް މައުލޫމާތުތައް ނުލިބޭކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ނިހާނުއާ ދެކޮޅަށް ދިން ބަޔާން ވެސް ހޯދަން އެދިފައިވާކަމަށް ވަކީލް ވިދާޅުވިއެވެ. އެކަމާއި ގުޅިގެން ޕީޖީގެ ވަކީލު ވިދާޅުވީ އަދީބު ވަރަށް ގިނަ އިދާރާތަކަށް އެކި މީހުންނާ ދެކޮޅަށް ބަޔާންދީފައިވާކަމަށާއި އެހެންކަމުން އެ ބަޔާން ހޯދައި، ދިފާއުން އެދިފައިވާ އެހެނިހެން މައުލޫމާތު ފޯރުކޮށް ދިނުމަށް ވަގުތު ބޭނުން ވާނެ ކަމަށެވެ. އެހެންކަމުން ގާޒީ ވަނީ ދިފާއަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި އެ ލިޔެކިޔުންތައް ދިރާސާކޮށް ހެކި ތައްޔާރުކުރަން ވެސް ގާޒީ އަލީ އާދަމް ވަނީ 10 ދުވަހުގެ ފުރުސަތެއް ދީފައެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ 20 ދުވަސް ފަހުން ހެކި ހާމަކުރުމުގެ ބައި ކުރިއަށް ގެންދާނެކަމަށް ކަނޑައަޅައިފައެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނިހާން މެމްބަރަކަށް ހުންނެވިއިރު އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތު ރިޝްވަތަށް އެދިވަޑައިގެން، އަދި އަދީބު ދީފައިވާ ރިޝްވަތުގައި ވަނީ ހިއްޕަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު