ވޭތުވެދިޔަ 3 އަހަރު ތެރޭގައި މުޅި ޤައުމާ ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރި މަސައްކަތްތައް ފާހަގަކޮށް ކައުންސިލްތަކުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙަށް ޝުކުރު އަދާކޮށްފިއެެވެ.
ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ސަރުކާރަށް 3 އަހަރުފުރުމާއި ގުޅިގެން މުރައިދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑްގެ ދަތި ޙާލުގައިވެސް ޤައުމުގެ ހިނގުން ހުއްޓުނަނުދީ ތަރައްޤީގެ އެކި މަޝްރޫޢުތައް ސަރުކާރުން ކުރިއަށްގެންދިޔަ ކަމަށެވެ. އެއީ މިވޭތުވެދިޔަ އަހަރުތަކުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ބަޔާނުގައިވެއެވެެ. އަދި ކައުންސިލްތައް ބާރުވެރިކުރުވައި ރައްޔިތުންނާ ގާތުން ޚިދުމަތްދެވޭނެ މަގު ފަހިކޮށްދެއްވާފައިވާތީ އެކަން ބަލައިގަނެ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށް އެކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ މުޅި ޤައުމާއި އަދި ވަކިން ޚާއްސަކޮށް ކުޑަރިކިލުގެ ތާރީޚުގައިވެސް ހިންގަމުން މިހާރު ގެންދާ ބޮޑެތި މަޝްރޫޢުތައް ފާހަގަކޮށް އެކަން އެރަށު ރައްޔިތުން އުފަލާއެކު ބަލައިގަންނަކަމަށެވެ. އަދި ކޯވިޑްގެ ދަތި ޙާލަތުގައިވެސް ސަރުކާރުންވީ ވަޢުދުތައް ފުއްދުމަށް އެތައް ގޮންޖެހުމަކާއެކުވެސް ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރާ ކަމަށް އެކައުންސިލުން ބުނެފައި ވެއެވެ. އެހެންކަމުން ކުރިއަށް އޮތް 2 އަހަރަކީވެސް އެރަށާއި ރާއްޖޭގެ ހުރިހާ ސަރަޙަދެއްގައިވެސް ތަރައްޤީގެ އިތުރު މަޝްރޫޢުތައް ހިންގޭނެ ފަހި ދެއަހަރަށްވާނެކަމަށް ކައުންސިލާއި ރައްޔިތުން އުއްމީދުކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ހޯރަފުށީ ކައުންސިލް އިދާރާއިން ނެރުނު ބަޔާނުގައި ބުނީ ކޯވިޑްގެ ޙާލަތުގައި ރާއްޖޭގެ މައި ދޮރާށި ބަންދުވެ ޢާމްދަނީ ލިބޭނެ ވަޞީލަތްތައް ބަންދުވެގެން ދިޔަ ޙާލަތުގައިވެސް ރައްޔިތުން ބަނޑަށް ޖެހުނަނުދީ ޤައުމު ހިންގެވުމުގައި ރައީސް ގެންގުޅުއްވި ސިޔާސަތުތަކަކީ ހެޔޮވެރިކަމެއްގެ މިސާލެއްކަމަށެވެ. އަދި އެތައް ޒަމާނެއްވަންދެން ވަކިބައެއްގެ އަތްމަތީގައި އޮތް ބާރުތައް ދޫކޮށްލައްވާ ޙަގީގީ ބާރުވެރިންނަކީ ރައްޔިތުންކަމަށް ހެއްދެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްކަމަށް އެ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި މިސަރުކާރުން ހޯރަފުއްޓަށް ގެނައި ތަރައްޤީ ކައުންސިލާއި ރައްޔިތުން ބަލައިގަންނަކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.
މާލެ އަތޮޅު މާފުށީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ސާލިޙުގެ ވެރިކަމުގައި މި ވޭތުވެދިޔަ ތިން އަހަރަކީ އެމަނިކުފާނުގެ ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު ރާއްޖޭގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ތިން އަހަރު ކަމަށެވެ. އަދި މާފުށީގައި އެންމެގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވަނީ މި ސަރުކާރުން ކަމަށް އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.
"މާފުށީގައި 2010 ވަނަ އަހަރު ފެށި ގެސްޓް ހައުސް ވިޔަފާރި ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި މިވަނީ އިތުރަށް ތަރައްގީވެ ފުޅާވެފައެވެ." މާފުށީ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.
ހއ. މޮޅަދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، ކޮވިޑުގެ ހާލަތުގައި ހިކުމަތްތެރިކަމާއެކު ރައީސް ސާލިޙު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނައިސް ތަފާތުކުރުމެއް ނެތި ހަމަހަމަ އުސޫލުން ހިންގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިން ކަމީ އަދުގެ ސަރުކާރުން ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ ގައުމު ބިނާ ކުރުމަށް މަސައްކަތް ކުރާ ކަމުގެ ދިރިހުރި މިސާލެއް ކަމަށެވެ.
ރައީސް ސާލިޙު ނިސްބަތްވެވަޑައިގަންނަވާ އެމަނިކުފާނުގެ އަމިއްލަފުޅުރަށް ކަމުގައިވާ، ފާދިއްޕޮޅު ހިންނަވަރު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ސާލިހުގެ ވެރިކަމުގެ މިވޭތުވެދިޔަ ތިން އަހަރަކީ މިގައުމު މިހާތަނަށް ނުދެކޭ ނޫރާނީ އަލިކަމުން އަލިކޮށް ހިތްތައް ޝުކުރުން ފުރާލި ތިން އަހަރު ކަމަށެވެ.
"ދަތިކަމާއި އުދަނގޫ ކަމުގެ ވަގުތުގައި މަނިކުފާނު (ރައީސް) ރައްޔިތުންގެ އައްޑަނަ އަކަށް ވެވަޑައިގެން ކުރެއްވި މަސައްކަތްތަކަށް އައްސަރިބަހާއި ސާބަހެވެެ. ފާއިތުވެގެން މިދިޔައީ ރާއްޖޭގެ އެންމެ ކާމިޔާބު ސަރުކާރުގެ އަގު ނުކުރެވޭ ތިން އަހަރެވެ." ހިންނަވަރު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން އަރިއަތޮޅު އުތުރުބުރީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކޯވިޑްގެ ޙާލަތު ބަދަލުކުރުމަށް ސަރުކާރުން ކުރި މިންނެތް މަސައްކަތް ފާހަގަކުރާ ކަމަށެވެ. ހަމައެއާއެކު އެޙާލަތުގައިވެސް ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން އަހަންމިއްޔަތުކަން ދީފައިވާކަން އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޒަޢާމަތުގައި ރައްޔިތުންނާއި މުޅި ޤައުމު އެކަތިގަނޑަކަށް ހެއްދެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރާ ކަމަަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގަތީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. ވޭތުވެދިޔަ ތިން އަހަރު ސަރުކާރުން ވަނީ ތަރައްގީގެ އެކި މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައެވެ. ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދައިދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

President @ibusolih officially inaugurates new Harbour at Himandhoo Island of North Ari Atoll. pic.twitter.com/6hRhvlyr09
— The President's Office (@presidencymv) October 21, 2021

ކިޔުންތެރިންގެ ހިޔާލު