ރޭ އިރާކޮޅު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ފައި ޗިސްޗިސްވެ އެންމެ ފަހުން ފައި ބުރިކޮށްލައިފިއެެވެ.
މާލޭގައި ރޭ 9 ޖަހާއެހާކަންހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ނިކަގަސް މަގުން ބާޖަމާލުއްދީން ކައިރިން މަގު ހުރަސް ކުރަން ދިޔަ އަންހެނެއްގެ ގައިގައި ޕިކަޕަކުން ޖެހިގެންނެވެ. އެ އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެެވެ. އެ ވީޑިއޯ އިން ފެންނަގޮތުން ވަރަށް ބާރަށް ދިޔަ ކުޑަ ޕިކަޕެއް ކަންމައްޗަކަށް ވާ ގޮތަށް ހުރި ފާރުގައި ގޮސް ޖެހެނީ އަންހެން މީހާ މަގު ހުރަސްކުރަމުން ގޮސް އެ ފާރާ އަރާ ހަމަވާން ދަނިކޮށެވެ. އެއާއެކު ފާރާއި ޕިކަޕުގެ ދޭތެރޭގައި އަންހެން މީހާ ތާށިވިއެެވެ.
އެ އެކްސިޑެންޓު ހިނގުމާއެކު ޑްރައިވަރު ވެސް ޕިކަޕުން ފައިބައި އަންހެން މީހާ ކައިރިއަށް ގޮސް އެހީވެއެެވެ. އޭރު އެ ސަރަހައްދުގައި ތިބި މީހުން ވެސް އެތަނަށް ގޮސް އަންހެން މީހާއަށް އެހީވެފައިވެއެވެ.
މީޑިޔާ ތަކަށް މައުލޫމާތު ދެމުން ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މިހާދިސާގައި 47 އަހަރުގެ ދިވެހި އަންހެނަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ޕިކަޕު ދުއްވަން އިނީ 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެ މީހާއަކީ ޕިކަޕު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ. ޢެ އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހުން ބުނާގޮތުން އެ އެކްސިޑެންޓް ހިނގީ ޕިކަޕުގެ ބުރަކި ފެއިލްވެގެން ކަމަށް ލަފާކުރެވޭ ކަށެވެ.

ޕިކަޕެއް ކޮންޓްރޯލުން ނެއްޓި މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް..
— 🇵🇸مريم 🇲🇻 (@Nannaxeev) November 17, 2021
އެކްސިޑެންޓްގަ އަނިޔާވި އަންހެންމީހާގެ ވާތު ފައި ޗިސްވެ، އެ ފައި މިއަދު ވަނީ ބުރިކޮށްލާފަ😭 pic.twitter.com/NDTIBvAjfC
މީޑިޔާ ތަކަށް މައުލޫމާތު ދެމުން ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މިހާދިސާގައި 47 އަހަރުގެ ދިވެހި އަންހެނަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ޕިކަޕު ދުއްވަން އިނީ 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެ މީހާއަކީ ޕިކަޕު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ. ޢެ އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހުން ބުނާގޮތުން އެ އެކްސިޑެންޓް ހިނގީ ޕިކަޕުގެ ބުރަކި ފެއިލްވެގެން ކަމަށް ލަފާކުރެވޭ ކަށެވެ.
ކިޔުންތެރިންގެ ހިޔާލު