މިދިޔަ 3 އަހަރުގެ ތެރޭގައި ޚާރިޖީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ރާއްޖެއަށް ލިބިގެން ގޮސްފައިވާކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ޚާރިޖީ ދާއިރާއިން ލިބުނު ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ރާއްޖެއިން ވަނީ ގިނަ ޤައުމުތަކަކާއެކު ވިސާ ފްރީ އެގްރިމަންޓްތަކުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހިންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުން ފަސޭޙަވެގެންދިޔަކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޤައުމުތަކާއެކު އޮތް ބަދަހި ގުޅުންތަކުގެ ސަބަބުން، އެކި ދާއިރާތަކުން އެހީތައް ލިބިގެންދިޔަކަމަށެވެ. އޭގެ ތެރޭގައި މެޑިކަލް ސާމާނާއި، ޒަރޫރީ ބޭހާއި މާލީ އެހީތެރިކަން ހިމެނޭކަން ޝާހިދު ފާހަގަކުރެއްވިއެވެ.
"ރާއްޖެއަކީ އެންމެ އަވަހަށް ވެކްސިން ޕްރޮގްރާމް ފެށި އެއް ޤައުމު. އަދި މިއަދު ރާއްޖެއަކީ އާބާދީގެ އެންމެ ބޮޑުބައެއް ވެކްސިންޖަހާފައިވާ ޤައުމުވެސްމެ. މިއީ ޤައުމުތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު އޮތް ގާތް ގުޅުމުގެ ސަބަބުން ފަހިވެގެންދިޔަ ކަންކަން." އދ. ގެ އާންމު މަޖިލީހުގެ މިދައުރުގެ ރައީސްކަން ވެސް ކުރަށްވާ ޝާހިދު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށާއި އެގޮތުން އައިއޯއާރުއޭއާއި ގުޅުމާއި، ކޮމަންވެލްތާއި އަލުން ގުޅުން ހިމެނޭކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ ރާއްޖެއިން މިއަދު ދުނިޔޭގެ 178 ޤައުމަކާއެކު ޑިޕްލޮމެޓިކް ގުޅުން ބާއްވަމުން އަންނަކަމަށެވެ. އަދި 45 ޤައުމަކަށް ސަފީރުން އައްޔަންކޮށްފައިވާއިރު، މިއީ ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑެއްކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެއިތުރުން ޔޫރަޕާއެކު އޮންނަ ގުޅުން ހަރުދަނާކުރުމުގެ ސަބަބުން ސެންގެން ވީޒާ ސެންޓަރއެއް މާލޭގައި ޤާއިމްކުރެވިފައިވާކަމަށާއި، އެ ސެންޓަރުން ޖަރުމަން، އޮސްޓްރިއާ، އިޓަލީ އަދި ޗެކް ރިޕަބްލިކްގެ ވިސާ، ރާއްޖޭގައި ހުރެގެން ހޯދޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދު ވަނީ، އދ. ގައި ރާއްޖޭގެ ހަރާކާތްތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަޤާމަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގެންނެވުމަކީ ވެސް ރާއްޖެއަަށް ލިބުނު ތާރީޙީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

During the past 3 years, the #Maldives has signed visa free agreements with a number of countries - facilitating easier travel for Maldivians and strengthening our passport! #JazeeraTharahgee
— Abdulla Shahid (@abdulla_shahid) November 17, 2021
ޝާހިދު ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޤައުމުތަކާއެކު އޮތް ބަދަހި ގުޅުންތަކުގެ ސަބަބުން، އެކި ދާއިރާތަކުން އެހީތައް ލިބިގެންދިޔަކަމަށެވެ. އޭގެ ތެރޭގައި މެޑިކަލް ސާމާނާއި، ޒަރޫރީ ބޭހާއި މާލީ އެހީތެރިކަން ހިމެނޭކަން ޝާހިދު ފާހަގަކުރެއްވިއެވެ.
"ރާއްޖެއަކީ އެންމެ އަވަހަށް ވެކްސިން ޕްރޮގްރާމް ފެށި އެއް ޤައުމު. އަދި މިއަދު ރާއްޖެއަކީ އާބާދީގެ އެންމެ ބޮޑުބައެއް ވެކްސިންޖަހާފައިވާ ޤައުމުވެސްމެ. މިއީ ޤައުމުތަކާއި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު އޮތް ގާތް ގުޅުމުގެ ސަބަބުން ފަހިވެގެންދިޔަ ކަންކަން." އދ. ގެ އާންމު މަޖިލީހުގެ މިދައުރުގެ ރައީސްކަން ވެސް ކުރަށްވާ ޝާހިދު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށާއި އެގޮތުން އައިއޯއާރުއޭއާއި ގުޅުމާއި، ކޮމަންވެލްތާއި އަލުން ގުޅުން ހިމެނޭކަން ޝާހިދު ފާހަގަކުރެއްވިއެވެ.
Strengthening active participation at key international organisations to promote greater global recognition for the #Maldives is a focus.
— Abdulla Shahid (@abdulla_shahid) November 17, 2021
In 2019, #Maldives formally joined IORA & in 2020, rejoined the Commonwealth, enhancing our international profile. #JazeeraTharahgee
ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ ރާއްޖެއިން މިއަދު ދުނިޔޭގެ 178 ޤައުމަކާއެކު ޑިޕްލޮމެޓިކް ގުޅުން ބާއްވަމުން އަންނަކަމަށެވެ. އަދި 45 ޤައުމަކަށް ސަފީރުން އައްޔަންކޮށްފައިވާއިރު، މިއީ ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑެއްކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެއިތުރުން ޔޫރަޕާއެކު އޮންނަ ގުޅުން ހަރުދަނާކުރުމުގެ ސަބަބުން ސެންގެން ވީޒާ ސެންޓަރއެއް މާލޭގައި ޤާއިމްކުރެވިފައިވާކަމަށާއި، އެ ސެންޓަރުން ޖަރުމަން، އޮސްޓްރިއާ، އިޓަލީ އަދި ޗެކް ރިޕަބްލިކްގެ ވިސާ، ރާއްޖޭގައި ހުރެގެން ހޯދޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.
Enhanced relations with our partners in Europe has led to the establishment of a Schengen visa facilitation centre in the Maldives.
— Abdulla Shahid (@abdulla_shahid) November 17, 2021
Maldivians can now apply for Schengen visas to Germany, Austria, Italy and Czech Republic from Maldives. #JazeeraTharahgee
މިނިސްޓަރ ޝާހިދު ވަނީ، އދ. ގައި ރާއްޖޭގެ ހަރާކާތްތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަޤާމަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގެންނެވުމަކީ ވެސް ރާއްޖެއަަށް ލިބުނު ތާރީޙީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ކިޔުންތެރިންގެ ހިޔާލު