ކޯވިޑަށްފަހު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރާ އިޤްތިޞާދުތަކުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދު ހިމެނޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ފާއިތުވި 3 އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުގެ އަންދާޒާތައް ދައްކާގޮތުން ރާއްޖޭގެ އިޤްތިޞާދަކީ ދުނިޔޭގެ 4 ވަނައަށް އެންމެ އަވަހަށް ކުރިއަރަމުން އަންނަ އިޤްތިސާދުކަމަށެވެ. ނަމަވެސް ސަރުކާރުގެ އަންދާޒާތައް ދައްކާގޮތުން ދުނިޔޭގައި ދެވަނައަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދަކީ ރާއްޖޭގެ އިޤްތިޞާދެވެ.
އަމީރު ވިދާޅުވީ އިޤްތިޞާދީގޮތުން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކަކީ ކޯވިޑާއި ދެކޮޅަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއި، ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީވުމަށް ކުރި މަސައްކަތްތަކުގެ ހެޔޮ ނަތީޖާކަމަށެވެ. މިގޮތުން އިންކަމް ސަޕޯޓް އެލަވަންސްދީ، ވިޔަފާރިތަކަށް އެހީވެ، ޑެޓް މޮރެޓޭރިއަމްސް ނުވަތަ ދަރަނި ދައްކަން ލުއިދީ، ކަރަންޓާއި ފެން ބިލަށް ޑިސްކައުންޓް ދިނުން އަމީރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އަމީރުގެ ވާހަކައިގައި އިޤްތިސާދީގޮތުން ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ދަރަނި ނެގިކަމަށް ވިދާޅުވިއެވެ. ނަމަވެސް ކުރީ ސަރުކާރަށްވުރެ މި ސަރުކާރުގެ ދަރަނި ކުޑަވާނޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ނިމިދިޔަ ރައީސް ޔާމިން ސަރުކާރުގެ ދަރަންޏާއި މިހާރުގެ، ރައީސް ޞާލިހުގެ ސަރުކާރުގެ ދަރަނި އަޅާ ކިއުއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ރައީސް ޔާމިންގެ ފަސް އަހަރުގެ ތެރޭގައި އެސަރުކާރަށް ނިސްބަތްވާ 39.6 ބިލިއަން ރުފިޔާގެ ދަރަނި ރެކޯޑް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިޙާތަނަށް ދުނިޔެ ނުދެކޭފަދަ ކާރިސާއެއްގެ ތެރޭގައި މިހާރުގެ ސަރުކާރުގެ ރެކޯޑް ކުރެވިފައިވާ ދަރަންޏަކީ 34 ބިލިއަން ރުފިޔާކަން ފިނޭންސް މިނިސްޓަރ އަމީރު ފާހަގަ ކުރަށްވާފައި ވެއެވެ.
މިނިސްޓަރ އަމީރު އަޅުވާކިއުއްވައި ޖެއްސެވި ހިސާބަށް ބަލާއިރު ރައީސް ޔާމިން ސަރުކާރުގެ ފަސް އަހަރުގެ ދަރަނި މުޅި ދައުރަށް ބަހާލުމުން އަހަރަކަށް ޖެހެނީ ގާތް ގަނޑަކަށް 7.9 ބިލިއަން ރުފިޔާއެވެ. މިސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އަމީރު ހިސާބު ކުރެއްވި ދަރަނި އަހަރެއްގެ މައްޗަށް ބަހާލުމުން އަހަރަކަށް ޖެހެނީ 11.3 ބިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު